twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެސްޓްރާޒެނެކާގެ 5 ލައްކަ ޑޯޒް އަންނަ މަހު ލިބޭނެ

ޚަދީޖާ އާދަމް
Jun 8, 2021
2

އެސްޓްރާޒެނަކާގެ ފަސްލައްކަ ޑޯޒް ވެކްސިން އަންނަ މަހު ލިބޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ކުންފުނިން ދީފައިވާ ކަމަށެވެ. އެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެސްޓްރާޒެނެކާ ވެކްސިން ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް މިއަދުވެސް އެ ކުންފުންޏާއެކު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ.

އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ރައިސް ވިދާޅުވީ އަންނަ ޖުލައިމަހު ވެކްސިންގެ 500،000 ޑޯޒް ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާކަމަށެވެ. ސަރުކާރުން މީގެކުރިން ބުނެފައި ވަނީ މި ހިނގާ ޖޫން މަހު އެ ވެކްސިން ލިބޭނެ ކަމަށެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 300،000 ޑޯޒް ގަންނަން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއެސްއައި) އެކުވެސް ސޮއިކޮށްފަ އެވެ. ނަމަވެސް އިންޑިޔާގައި ކޮވިޑް ހާލަތު ގޯސްވުމުގެ ސަަބަބުން ރާއްޖެއަށް ލިބިފައިވަނީ 100،000 ޑޯޒެވެ. ކޮވިޝީލްޑަކީ އެސްޓްރާޒެނަކާގެ ފޯމިއުލާއިން ތައްޔާރު ކުރި ވެކްސިންއަކަށްވުމާއެކު, ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް އެސްޓްރާޒެނަކާގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ލަފާ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355