twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސަން ލޯޝަން ލަނީ ކަޅު ވާތީ އެކަނިތަ؟

ޚަދީޖާ އާދަމް
Jun 11, 2021

ހުކުރު ނުވަތަ ހޮނިހިރު ދުވަހަކީ އާއްމުކޮށް އާއިލީ ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަކުރާ ދެދުވަހެކެވެ. އެގޮތުން މޫދަށްއެރިލަން ދިއުން ނޫނީ އަތިރިމައްޗަށް ނުކުމެ ޕިކްނިކް ހަދާލުމަކީ އާއްމު ކަމެކެވެ. މޫދަށް ގޮސްވެސް ސަން ލޯޝަން ހާކާނަމަ އެމީހަކީ ކަޅުވެދާނެތީ ބިރުން އުޅޭ މީހެކޭ ކިޔާ ދިމާކުރެއެވެ. ނަމަވެސް ހަގީގަތަކީ ސަން ލޯޝަނަކީ ހަމައެކަނި ކަޅުވުމުން ނުވަތަ ހަންގަނޑު އެދުމުން ދުރުކޮށްދޭ އެއްޗެއް ނޫނެވެ.

މިއީ ތި ހީކުރާ ވަރަށްވުރެ ފައިދާ ހުރި އެއްޗެކެވެ. އެއްމެ މުހިއްމު ކަމަކަށް ސަން ލޯޝަނަކީ ހަމަށް ޖެހޭ ކެންސަރުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. އިރުން އަންނަ ނުރައްކާތެރި ދޯދިތައް އެއްވެސް ހުރަހެއް ނެތި ހަށިގަނޑުގައި ޖެހުމުން ހަންގަނޑަށް ގިނަ ގެއްލުންތައް ލިބެއެވެ. ސަން ލޯޝަނުން ހަންގަނޑަށް ލިބޭ މި ފަދަ ގެއްލުންތަކުން ރައްކާތެރި ކޮށްދެއެވެ.

ރާއްޖެއަކީ އަހަރުގެ ބޮޑު ބައެއް ހޫނު އަވިދޭ ގައުމެކެވެ. އެހެން ކަމުން ދުވާލުގެ ކޮންމެވެސް ވަގުތެއްގައި، ނުވަތަ މަސައްކަތުގައި އަތްވަށް ނުނުކުމެ ނުވެއެވެ. އެހެންކަމުން އަވީގައި ހަންގަނޑު ޖެހުމުން ހަމުގެ ތާޒާކަން ގެއްލި އަވަހަށް މުސްކުޅިކޮށްލައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 55 އަހަރުން ދަށުގެ މީހުން އިރުން ރައްކާތެރިވާން ސަން ލޯޝަން ގަވައިދުން ބޭނުން ކުރާ މީހުން ހަންގަނޑު ރޫޖެހުން ފަދަ ކަންކަން ދިމާވުން 24 ޕަސެންޓަށް ދަށްވެއެވެ.

މީގެ އިތުރުން ހޫނުވުމުގެ ސަބަބުން ހަންގަނޑު ހިރުވާ، ރަތްވެ ނުވަތަ ދާ ހިލުމުގެ ސަބަބުން ބިހި ނެގުން ފަދަ ކަންކަމުން ސަލާމަތް ވުމަށްވެސް ގަވައިދުން ސަން ލޯޝަން ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ.

ގިނަ މީހުންނަށް އެނގޭގޮތުން މިއީ ކަޅުވުން ދުރުކޮށްދިނުމަށް ނުވަތަ ސަން ބާރން އިން ރައްކާތެރި ވުމަށް ބޭނުން ކުރާ އެއްޗެކެވެ. ގަވައިދުން ސަން ލޯޝަން ބޭނުން ކުރާނަމަ ހަންގަނޑު އެދުމުން ވެސް ރައްކާތެރިކޮށްދެއެވެ. އަދި ހަންގަނޑު އަބަދުވެސް ތާޒާ ކަންމަތީ ބެހެއްޓުމަށާއި ކެންސަރުން ދުރުކޮށްދޭން މިއީ ބޭނުން ކުރުން މުހިއްމު އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355