twitterviber whatsapp telegramfacebookyoutube instagram
19th January 2026

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ކޮޕާ އެމެރިކާގެ މެޗްތައް ބަލާލެވޭނެ

ނަބީލާ އިސްމާޢީލް
Jun 13, 2021

މާދަމާ ބްރެޒިލްގެ ވެރިރަށް ބްރެޒިލިއާގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ 2021 މުބާރާތުގެ ހުރިހާ މެޗުތައް ދިރާގު ޓީވީީން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކޮޕާ އެމެރިކާގެ ހުރިހާ މެޗެއް ވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗްޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލާލެވޭނެ ކަމަށެވެ.

ކޮޕާ އެމެރިކާގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ ޖޫން 14 ވަނަ ދުވަހު، ރާއްޖެ ގަޑިން 02:00 ގަ އެވެ.

ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް ހައި ޑެފިނީޝަން (އެޗްޑީ) ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫޒާ ނޭމް އަދި ޕާސްވޯޑު ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ވަނީ ގިނަ އޮފާ ތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށް ގެންވެސް ދިރާގު ޓީވީ ބަލާލެވޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓު ޑޭޓާ، ޖޫން 2021 ގެ ނިޔަލަށް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355