twitterviber whatsapp telegramfacebookyoutube instagram
7th April 2026

ޕްރިންސެސް މާގްރެޓްގެ އެންމެ އަގުހުރި އެއް ގައުން ޑިސްޕްލޭއަށް

ޚަދީޖާ އާދަމް
Jun 14, 2021

ގާތްގަނޑަކަށް 50 އެއްހާ އަހަރު ފަހުން ޕްރިންސެސް މާގްރެޓް ގެ ބޯލް ގައުންއެއް "ރޯޔަލް ސްޓައިލް އިން ދަ މޭކިން" ގެ ޑިސްޕްލޭއަށް ނެރެފި އެވެ.

ކެޒިންޓަން ޕެލެސްގައި ހުންނަ މި ޑިސްޕްލޭގައި ބެހެއްޓިފައިވާ ހެދުންތަކުގެ ތެރެއިން އެންމެ މަގުބޫލް ހެދުމަކީ ޕްރިންސެސް ޑަޔާނާގެ ކައިވެނީގެ ހެދުމެވެ.

ނަމަވެސް މިހާރު އެތަނުގައި ހުރި އެންމެ ރޯޔަލް އެއް ހެދުމަށް ވާނީ ޕްރިންސެސް މާގްރެޓްގެ ހެދުމެވެ. މިއީ 1964 ވަނަ އަހަރު 18ވަނަ ގަރުނުގެ ތީމްއަކަށް ބޭއްވުމުން ބޯލްއަކަށް ދިއުމަށް ތައްޔާރުކުރެވުނު ހެދުމެކެވެ. އެ ދުވަސްވަރުވެސް ޕްރިންސެސް މާގްރެޓް މަޝްހޫރު ވެފައިވަނީ ފެޝަނަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

މި ހެދުމަކީ އެއިރުގެ އެކަމާނާގެ ފިރިކަލުން އެންޓޮނީ އާރްމްސްޓްރޯންގެ ބޮޑުބޭބޭ އޮލިވާ މެސެލްގެ ޑިޒައިނެކެވެ. އެއީ އޮލިވާ 1938 ވަނަ އަހަރު "މިޑްސަމާ ނައިޓްސް ޑްރީމް" ޕްރޮޑަކްޝަންއަށް ޑިޒައިން ކުރި ހެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355