twitterviber whatsapp telegramfacebookyoutube instagram
4th May 2024

ރައީސަށް އޮތް މަޖުބޫރުކަމެއް ރައްޔިތުން ނިކުމެ ސާފު ކުރަން ވެއްޖެ: ޝިޔާމް

ނަބީލާ އިސްމާޢީލް
Jun 14, 2021

ރައީސުލްޖުމްހޫރިއްޔާއަށް އޮތް މަޖުބޫރު ކަމަކީ ކޮބައިކަން ރައްޔިތުން ނުކުމެ ސާފު ކުރަން ވެއްޖެ ކަމަށާއި ނޫނިއްޔާ ރައީސް ސޯލިހް އަމިއްލަފުޅަށް ސާފު ކޮށްދެއްވަން ވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރާއްޖެއިން ބޭރުގެ މީހުންނާއި ކުންފުނިތަކުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ދިވެހިރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓު އިންވެސްޓުމެންޓު ޕޮލިސީ (އެފްޑީއައި) އިސްލާހުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވެރިކަމުގައި ހުންނެވި ބޭފުޅަކަށް އޮތް މަޖުބޫރު ކަމަކީ ކޮބައިކަން ރައްޔިތުން ނުކުމެ ސާފު ކުރަން ވެއްޖެ ކަމަށާއި ނޫނިއްޔާ، ރައީސް ސޯލިހް އަމިއްލަފުޅަށް ސާފު ކޮށްދެއްވަން ވެއްޖެ ކަމަށެވެ.

ރައިސް ސޯލިހު ޓެގުކުރައްވައި ޝިޔާމް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ ރައްކާތެރިކުރަންވީ ގައުމުތޯއާއި ނޫނީ ރައްކާވާވީ ކޮވިޑުންތޯ އެވެ. "ގައުމެއް އޮވެގެންތާ ކޮވިޑުން އެ ގައުމަކަށް އަރައިގަނެވޭނީ" އޭނާ ވިދާޅުވި އެވެ.

އެފްޑީއައިއަށް ގެނައި މި އިސްލާހާ ގުޅިގެން އެއާޕޯޓު ހިންގުމާއި ޓާމިނަލް ހިމެނޭހެން އެއާޕޯޓު އޮޕަރޭޓުކުރުމާއި، އެއާޓްރެފިކް ކޮންޓުރޯލުކުރުމާއި ގުރައުންޑް ސާވިސް ޚިދުމަތްތައް ދިނުމުގެ ހުއްދަވެސް ބޭރުގެ ފަރާތްތަކުގެ ސަތޭކައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355