twitterviber whatsapp telegramfacebookyoutube instagram
20th June 2025
ADVERTISEMENT
އައިޖީއެމްއެޗުގައި އެމްޑަބްލިއުއެސްސީ އިން ހެދި ޓެކްސީ ސްޓޭންޑް--ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން އައިޖީއެމްއެޗްގައި ޓެކްސީ ސްޓޭންޑެއް

ނަބީލާ އިސްމާޢީލް
Jun 15, 2021

މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން އައިޖީއެމް ހޮސްޕިޓަލު ކައިރީގގަ ޓެކްސީ ސްޓޭންޑެއް ހަދާ ބޭނުންކުރަން ފަށައިފި އެވެ.

އައިޖީއެމްއެޗްގެ މައި ދޮރާށި ކުރިމައްޗަށް ވާގޮތަށް ހަދާފައިވާ މި ޓެކްސީ ސްޓޭންޑަކީ ޖުމްލަ 1.25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޓެކްސީ ސްޓޭންޑެކެވެ.

އެ ކުންފުނިން ބުނީ ސީއެސްއާރުގެ ދަށުން ހެދި ޓެކްސީ ސްޓޭންޑެއް މަގްސަދަކީ، އައިޖީއެމްއެޗުގެ މެއިން އެންޓްރެންސް ސަރަަހައްދުން ޓެކްސީގެ ހިދުމަތް ހޯދާ މީހުންނަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.

އެގޮތުން، ވިއްސާރަ ދުވަސްވަރު ދޮރާށި ކައިރީގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ކުރިން އާއްމުން ކަންބޮޑުވި ނަމަވެސް މިހާރު އެކަމަކަށް ހައްލު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސީން ބުނީ އަމާޒަކީ ކުރިމަގު ގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގެ ކުރިއެރުމާއި ލާބައަށް އެކި މަސައްކަތްތައް ކޮށްދިނުން ކަމަށެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com