twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހަނިމާދޫއިން ބިދޭސީންތަކެއް ޕޮޒިޓިވްވެ، މަސައްކަތް ކުރުން ހުއްޓުވުއިިފި

ޚަދީޖާ އާދަމް
Jun 16, 2021

ހދ ހަނިމާދޫގައި މަސައްކަތްކުރާ 8 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެމީހުން މަސައްކަތްކުރާ ސައިޓް ފިޔަވާ އިތުރު ސައިޓުތަކުގައި މަސައްކަތް ކުރުން މަނާކޮށްފި އެވެ.

އެރަށު ކައުންސިލް އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ކައުންސިލުން ވަކިގޮތެއް އަންގަންދެން ބިދޭސީ މަސައްކަތްތެރިން އެމީހުން ގާއިމްވެތިބޭ ތަންތަން ފިޔަވާ އެހެން ސައިޓްތަކުގައި މަސައްކަތް ކުރުން މަނާކަމަށެވެ.

މީގެ އިތުރުން ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ކައުންސިލް އިދާރާއިން ދޫކޮށްފައި ފާހުގައި ހިމަނާފައިވާ ކަންތައްތައް ފިޔަވާއެހެން އެއްވެސް ބޭނުމަކަށް ނުކުތުމަކީވެސް މަނާކަމެއް ކަމަށާއި، އަދި ފާހުގައި ހިމަނާފައިވާ ކަންކަމުގެ އިތުރުން އެހެން ބޭނުމެއްގައި ނުކުންނަން ޖެހިއްޖެނަމަ އެ އިދާރާއިން ހުއްދަ ހޯދުމަށްވެސް އިއުލާނުގައި އެދިފައި ވެއެވެ.

އެންގުންތަކާއި ހިލާފުވާ މީހުންނާއިމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293