twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނަފުރަތުގެ ބިލް ފާސްކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަނީ

Jun 20, 2021
4

ނަފްރަތުގެ އަމަލު ބަޔާންކޮށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އެ ޕެޓިޝަނުގައި މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. އަދި އެ ޕެޓިޝަނުގައި ސޮއިކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

"ހަސަން ކުރުސީ" ފެށި ޕެޓިޝަންގެ މަގުސަދު ކަމުގައި ބުނެފައި ވަނީ، އެކަކު އަނެކަކަށް ކާފަރަށް ގޮވުމާއި މީހުންގެ ބޮލުގައި ލާދީނީ ޓެގު އެޅުވުން ހުއްޓުމެވެ.

އެގޮތުން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަކީ ވެސް، ހައްދުފަހަނައެޅުމުގެ އެއް މިސާލު ކަމަށް ޕެޓިޝަނުގައި ބުނެފައި ވެއެވެ.

އަދި ގޮތްގޮތަށް މީހުން ލޭބަލް ކުރުމުގެ ސަބަބުން، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މާލޭގެ މަގުމަތީގައި ލޭއޮހޮރުވުން ހުއްދަވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

މި ބިލްގައި އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355