twitterviber whatsapp telegramfacebookyoutube instagram
18th July 2025

ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Jun 20, 2021

މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސުކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. 1176 ދަރިވަރުން ވަނީ ލޯނަށް ކުރިމަތިލައިފަ އެވެ. ލޯނު ދޭން ނިންމާފައި ވަނީ 417 ކުއްޖަކަށެވެ. ނަމަވެސް ލިސްޓު ފައިނަލް ކުރި އިރު، 449 ކުއްޖަކަށް ލޯނު ދޭން ވަނީ ނިންމައިފަ އެވެ.

މި ފުރުސަތުގެ ތެރެއިން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ކުރި ފުރުސަތުތަކުގައި، އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލޮޓް ކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން އޮތީ ނިންމައިފަ އެވެ.

ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355