twitterviber whatsapp telegramfacebookyoutube instagram
17th June 2026

ކޮވިޑް ކޭސްތަކާ ހެދި ހދ އަތޮޅު ނައިބު ރައީސް އިންތިހާބުކުރާ ބައްދަލު ނުބޭއްވި!

ޚަދީޖާ އާދަމް
Jun 22, 2021

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމުގައި ލަސްތަކެއް ދިމާވެފައިވަނީ އަތޮޅުގައި ކޮވިޑް ކޭސްތައް ގިނަވެ 4 ރަށެއް މޮނީޓަރިންގެ ހާލަތުގައި އޮތުމުން ކަމަށް ކައުންސިލުން ބުނެފި އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ވިދާޅުވީ ނައިބު ރައީސް ހޮވުމުގެ ކުރިން ހުރިހާ ކައުންސިލަރުންނާއެކު ފިޒިކަލް ބައްދަލުވުމެއް ބާއްވަން ޖެހޭކަމަށާއި ނަމަވެސް މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށުން ދަތުރުނުކުރެވޭތީ ބައްދަލުވުން ލަސްވަނީ ކަމަށެވެ.

އެކަމަށް އެދި އެޗްޕީއޭއިން ހުއްދައަށްވެސް އެދުނު ކަމަށާއި ނަމަވެސް ހާލަތުގެ ގޮތުން ހުއްދަ ނުލިބުނުކަމަށް ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލްޖީއޭއިން ބުނެފައިވަނީ ހާލަތަށް ބަލައި މިމަހު 20 ވަނަ ދުވަހުގެ ކުރިން ނައިބު ރައީސް ހޮވުމަށް ކަމަށާއި ނަމަވެސް ނައިބު ރައީސް ހޮވުމަށް ބައްދަލުވުމެއް ބާއްވާ ސިއްރު ވޯޓެއް ނަގަން ޖެހޭތީ ލަސްވަނީ ކަމަށެވެ. އަދި ރަށްރަށުގެ ހާލަތު ރަނގަޅުވެ މޮނީޓަރިންގެ ހާލަތު އުވާލިހާ އަވަހަށް ބައްދަލުވުން ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

މި ވަގުތު ހދ އަތޮޅުގެ 4 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ނޭކުރެންދޫއާއި، މަކުނުދޫ އަދި ހަނިމާދޫ އެވެ.

ހދ ގެ އަވައްޓެރި ދެ އަތޮޅުކަމަށްވާ ހއ އަތޮޅާއި ށ އަތޮޅުގެ ނައިބު ރައީސް އިންތިހާބުކުރާ ޖަލްސާ މިހާރު ވަނީ ބާއްވަފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355