twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޖަލާލުއްދީން ސްކޫލުން 70 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

ޚަދީޖާ އާދަމް
Jun 24, 2021

ޖަލާލުއްދީން ސްކޫލުގެ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ. މިއަދު ހެނދުނު އެ ސްކޫލް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފެވެ.

މި ރަސްމިއްޔާތުގައި އެ ސްކޫލުގެ ސާނަވީ ނިންމާ ފާސްވި 44 ދަރިވަރުން ދަސްވެނިވެފައިވާއިރު މަތީ ސާނަވީ ނިންމާ ފާސްވި 27 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.

ސާނަވީ ނިންމި ދަރިވަރުންނަށް ސެޓްފިކެޓް އަދި ސޭޝް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ. އަދި މަތީ ސާނަވީ ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވި މޭޔަރު މުހައްމަދު އާތިފެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދަރިވަރުންނާއި މުހާތަބުކޮށް މޭޔަރު ދެއްކެވި ވާހަކާގައި ވިދާޅުވީ ކުއްޖާގެ ސިކުނޑީ ކާނާއަކީ ތައުލީމު ކަމަށާއި ހެދިބޮޑުވުމަށް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

އެ ކުއްޖަކު ނަގާނެ ކެރިއަރެއް، އެކުއްޖެއްގެ ކުރި މަގު ބައްޓަން ކުރާނެގޮތެއް އެނގޭނީ އެކުއްޖަކަށް ކަމަށާއި އެންމެ މުހިއްމު ކަމަކީ ކުރާ ކޮންމެ ކަމެއްވެސް ކުރާ ހިތުން ކުރާކަމަކަށްވުންކަމަށް އާތިފް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވަނީ ސްކޫލް ނިމުނު ކަމުގައި ވިއަސް ކިޔެވުމައިގެން ކުރިއަށް ދިއުމަށާއި ތައުލީމް ހާސިލް ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެފައެވެ.

މި ރަސްމިއްޔާތުގައި ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލުގެ މުވައްޒަފުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355