twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެވޮކާޑޯ، އަޖައިބެއް ފަދަ ގިނަ ސިއްހީ ފައިދާ

ނަބީލާ އިސްމާޢީލް
Jun 28, 2021

އެވޮކާޑޯ އަކީ މެކްސިކޯ އާއި ސެންޓްރަލް އެމެރިކާ އަށް ހާއްސަ މޭވާއެއް ކަމުގައި ވީނަމަވެސް މިހާރު އަހަރެމެންގެ މި ކުޑަ ކުޑަ ރާއްޖޭގައިވެސް ފަސޭހައިން ހައްދާލެވޭ މޭވާ އެކެވެ. އެހެން ކަމުން މިހާރު މި މޭވާއަކީ ލިބުން މާ ދަތި މޭވާ އެކޭ ނުބުނެވޭނެ އެވެ.

މިއީ ސިއްހީ ގޮތުން ވެސް އަދި ވިޔަފާރީގެ ގޮތުން ވެސް އަގުހުރި މޭވާ އެކެވެ. މާނައީ މި މޭވާއަކީ އަގު ބޮޑު އަދި ފައިދާވެސް ބޮޑު މޭވާ އެކެވެ. މޭވާގެ ކޮންމެ ބާޒާރަކުން ލިބެން ހުންނަ އަދި ކާން ތައްޔާރުކުރެވޭ ކޮންމެ ކެއުމަކަށް ވެސް ހެޔޮވަރު މޭވާއަކަށް އެވޮކާޑޯ ވަނީ މިހެންވެ އެވެ.

އެވޮކާޑޯގެ ބޭރު ތޮށިގަނޑު ކަޅުފެހި އަދި ގަދަފެހި ކުލައިގައި ވެސް ހުރެއެވެ. މިއީ ރޯކޮށް ހުއްޓައި މޭވާގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ސަލަޑް ހަދައިގެންނާއި، ތަފާތު ވައްތަރުގެ ކެއުންތަކުގައި ބޭނުންކުރާ މޭވާ އެކެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ކާތަކެތީގެ ތެރޭގައި ގުނާލެވޭ، އެވޮކާޑޯ އަކީ، ތަފާތު 25 ވައްތަރެއްގެ ކާނާގެ ބައިތައް އެކުލެވޭ މޭވާ އެކެވެ.

މި މޭވާ އަކީ ވިޓަމިނާއި މިނެރަލްސްގެ ތަފާތު 20 ވައްތަރެއް އޭގައި އެކުލެވިގެންދާ މޭވާ އެކެވެ. އަދި ހަށިގަނޑަށް ފައިދާހުރި މާއްދާތައް ކަމުގައިވާ މެގްނީސިއަމް އާއި މެންގަނީސް އަދި ވިޓަމިން އޭ އަދި ޒިންކާއި އަޔަން ވެސް މި މޭވާގައި ހިމެނެ އެވެ.

މި ހުރިހާ ވިޓަމިނަކާއި މިނެރަލްސްތަކެއް އެކުވެގެން އެވޮކާޑޯ އަކުން 160 ކެލޮރީސް ލިބެ އެވެ. ޕްރޮޓީންސްގެ ނިސްބަތް ދެ ގްރާމަށް އަރާއިރު ހަށިގަނޑަށް ފައިދާހުރި ފެޓްސްގެ ނިސްބަތަކީ 15 ޕަސެންޓެވެ. މިއީ ކޮލެސްޓްރޯލާއި ސޯޑިއަމް އޭގައި އެއްވެސް މިންވަރަކަށް ހިމެނޭ މޭވާއެއް ނޫނެވެ.

100 ގްރާމް އެވޮކާޑޯއިން 14 ޕަސެންޓް ޕޮޓޭސިއަމް ލިބޭއިރު، ޕޮޓޭސިއަމް އަކީ ހަށިގަނޑު ހިންގުމުގެ ނިޒާމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ މިނެރަލް އެވެ. ހައި ބްލަޑް ޕްރެޝާ އާއި ސްޓްރޯކް ޖެހުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން ނާރުތަކުން ފޮނުވާ ސިގްނަލާއި މަސްތަކަށް އަންނަ ތަފާތު އެކި ބަދަލުތަކުގައި ވެސް ޕޮޓޭސިއަމްގެ ރޯލު ބޮޑެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޕޮޓޭސިއަމްގެ ނިސްބަތް ހަށިގަނޑުގައި އިތުރުވުމަކީ ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރެވޭނެ ކަމެކެވެ. ސްޓްރޯކާއި ހިތުގެ ބަލިތައް އަދި ކިޑްނީ ފެއިލްވުން ފަދަ ނުރައްކާތެރި ބަލިތަކުން ވެސް ސަލާމަތްވުމަށް އޮތް ފަސޭހައެކެވެ.

އެވޮކާޑޯގައި ހިމެނޭ މޮނޮއަންސެޗުރޭޓެޑް ފެޓްއަކީ އިންސިއުލިން ރެސިސްޓެންސް އަށް ބަދަލުގެނުވާ ކަމެކެވެ. މިއީ ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ވާނެ ކަމެކެވެ. އަދި އެވޮކާޑޯގައި ހިމެނޭ ފައިބަރުގެ ސަބަބުން، ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓިފައި ހުރުމަށް އެހީތެރިވެދެއެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުގެ ދުވަހުގެ ޑައެޓްގައިވެސް އެވޮކާޑޯ ހިމަނާލުމަކީ ބަރުދަން ލުއިކުރުމަށް އެހިވެދޭ ކަމެކެވެ. ސަބަބަކީ މިއީ ގިނައިން ކެއުމަށް އާދަވެފައިވާ މީހުން އެ އާދައިން ދުރުކޮށްދޭ މޭވާ އެކެވެ. އޭގެ ސަބަބުން އަވަހަށް ބަނޑުހައިވުމާއި ގިނައިން ކާހިތްވުމާއި ދުރުކޮށްދޭ މޭވާއެކެވެ.

މީގެ އިތުރުން މި މޭވާއަކީ ފައިބަރ އަދި ކާބޯހައިޑްރޭޓްސް މަދު މޭވާއެކެވެ.

އެވޮކާޑޯ ބޭނުންކުރުމަކީ އަނގައިން ދުވާ ނުބައިވަސް ކެނޑުވުމަށް އެންމެ ރަނގަޅު ފަރުވާ އެވެ. މިއީ އެ ބޭނުންކުރުމުން، ގޮހޮރު ސާފުކޮށްދީ، ދުލުގައި ހުދުކުލައި ބަތާނަ އުފެދުން ކުޑަކޮށްދޭ މޭވާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355