twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޑރ. ހުސައިން ރަޝީދަށް މަޖިލީހުން ރުހުން ދީފި

ނަބީލާ އިސްމާޢީލް
Jun 28, 2021

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފިއެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރައީސް ސޯލިހު ކެބިނެޓަށް ގެންނެވި ބަދަލާއެކު މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާގެ މަގާމަށް ޑރ. ހުސައިން އަައްޔަންކުރައްވައި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވީ އެ މަހުގެ 18 ވަނަ ދުވަހު އެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ހޯދުމަށް މިއަދު މަޖިލީހުން ނެގި ވޯޓުން ރުހުން ލިބިފައިވަނީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޑރ. ހުސައިން ރަޝީދަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރ މުހައްމަދު ފަލާހު ވިދާޅުވީ ޑރ. ހުސައިން ރަޝީދަށް ރުހުންދިނުމުގެ ކަންތަކުގައި ކުރިން އަރާފައިވާ އޮޅުންތައް މިހާރު ސާފުވެފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރގެ އެއްވެސް ހިއްސާއެއް ކުންފުންޏެއްގައި ނެތްކަން އިކޮނޮމިކް މިނިސްޓްރީން ސާފުކޮށްދެއްވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހާޒިރުވީ 57 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 55 މެންބަރުންވެސް ޑރ. ހުސައިނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދީފައި ވާއިރު، ފާސްވުމަށް ބޭނުންވާ އަދަދަކީ 28 ވޯޓެވެ.

ޑރ. ހުސައިން ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރެއްވީ އޭނާ ކުރިން ހުންނެވި އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައިމިނަތު ޝައުނާ އައްޔަންކުރުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355