twitterviber whatsapp telegramfacebookyoutube instagram
19th April 2025

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި

ނަބީލާ އިސްމާޢީލް
Jun 28, 2021

ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. ކުޅުދުއްފުށި މޮނިޓަރިންގއަށްލީ މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

19 ދުވަހަށްފަހު މިރޭ ކުޅުދުއްފުށި މޮނިޓަރިންގ ނެގިއިރު މި ކޭސްއާ ގުޅިގެން އިތުރު ދެ މީހަކުވެސް ޕޮޒިޓިވްވި އެވެ. އަދި އޭގެ ފަހުން ބަހާދަރު ބޯޓާއި ބާދުޝާހް ބޯޓްގެ ފަޅުވެރިޔެއްވެސް ކޮވިޑް 19 އަށް ޕޮޒިޓިވްވި އެވެ.

މި ކޭސްތަކާ ގުޅިގެން އެ މުއްދަތު ރޭންޑަމް ސާމްޕަލުގެ ގޮތުން 1200 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެ އެވެ. ކޭއާޗުއެޗުގެ އެންމެ ފަހުގެ އަޕްޑޭޓްތަކުން އެނގޭގޮތުގައި މިވަގުތު ކުޅުދުއްފުށީގައި އެކްޓިވް ކޭސްތަކުގައި ތިބީ ފަސް މީހެކެވެ.

މޮނިޓަރިންގގެ ހާލަތުން ނެގިކަމުގައިވިޔަސް އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ފަރާތްތަކެއް އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

މޮނިޓަރިންގއަށް ލުމާއެކު ކޮންމެ ރެއަކުން 9 އަކުން ފަތިހު ހަތަރަށް ކުޅުދުއްފުށީގައިވެސް ވަނީ ކާފިއު ހިންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355