twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދިރާގު ހޯމް ފައިބާ އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފި

ނަބީލާ އިސްމާޢީލް
Jun 29, 2021

ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބާ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮކޮށްފި އެވެ.

މިއީ ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކުރަން 27 މެއި 2021ގައި އިއުލާނުކުރި ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯއަށް އެއްބާރުލުން ދިނުމަށް، އެ އަގުތަކާ އެއްގޮތަށް ގެނައި ބަދަލެކެވެ.

ދިރާގުން މިގެނައި ބަދަލާއެކު ސަރުކާރުން އިއުލާން ކުރި އިންޓަނެޓުގެ ތިން ޕެކޭޖު ވަނީ އެ ކުންފުނީގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފަ އެވެ. އަދި އިތުރު ޑޭޓާ އާއި އެލަވަންސް ވަނީ ދީފަ އެވެ.

އެގޮތުން ކަސްޓަމަރުންނަށް ޕެކޭޖުތަކުން 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި އެހެންކަމުން މި ބަދަލާއެކު ޑޭޓާގެ އަގުތައް 50 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ ތްރަޓަލް ސްޕީޑް ސްޕީޑް އަފްޓާ އެލަވަންސް 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖުތަކަށް ދެ އެމްބީޕީއެސް ލިބޭނެ ގޮތަށް ބަދަލު ގެނެސްފަ އެވެ. އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސް އަށް ވަނީ އިތުރު ކޮށްފަ އެވެ. މިއާއެކު، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ވަނީ ހޯމް އިންޓަނެޓް ޕެކޭޖުތަކަށް އިތުރު ހެޔޮ ބަދަލު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެންނަން ވެސް ނިންމާފަ އެވެ.

ހޯމް ފައިބާ އިންޓަނެޓް ޕްކޭޖްތަކަށް ގެންނަ ބަދަލުތައް 1 ޖުލައި 2021ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ އެވެ. އަދި ދުވަހުގެ 06:00އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެންނާނެ ކަމަށް ދިރާގުން ބުނެ އެވެ.

ހޯމް ފައިބަ އިންޓަނެޓް ޕްކޭޖް ތަކަށް އަންނަ ބަދަލު އެއް ވަނަ ދުވަހުން ފެށިގެން ބަދަލު އަންނައިރު، އެ ކުންފުނީގެ މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން، ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ ޕެކޭޖް ޗެކާ އިން ބެލޭނެ ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ދިރާގުން ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355