twitterviber whatsapp telegramfacebookyoutube instagram
19th January 2026

ދިރާގު ރޯދަ ޑޭޓާ ބަންޑަލް އިން ލިބުނު ފައިސާ ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Jun 30, 2021

ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތްރު ޢީދަށް ޚާއްސަކޮސްގެން ތައާރަފުކުރި ޚާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވައިގެން ލިބުނު ފައިސާގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް މިއަދު ހަދިޔާ ކޮށްފިއެވެ.

މި އަހަރުގެ ޑޭޓާ ބަންޑަލް ތަކުން ލިބުނު 313,235 ރުފިޔާ އެ ސޮސައިޓީއަށް ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިއަދު ހަދިޔާކޮށްފައިވަނީ ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތްރު ޢީދަށް ޚާއްސަކޮށްގެން ތައާރަފުކުރި ޚާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކޮށްގެން ލިބުނު ފައިސާގެ 10 އިންސައްތަ އެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން ޖީހާން ސަލީމް ވިދާޅުވީ ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެ ސޮސައިޓީއަށް އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގެތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުން ލިބިފައިވާ ކަމަށެވެ.

ދިރާގުން ވަނީ ފާއިތުވި އަހަރުތަކުގައިވެސް އެކި ޖަމިއްޔާތައް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ 10 އިންސައްތަ ހަދިޔާ ކޮށްފަ އެވެ.

އެގޮތުން ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް ވަނީ ފައިސާ ހަދިޔާ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355