twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިލާ ކޮލެޖް ސެޕްޓެމްބަރު އިންޓޭކް: 100 އަށްވުރެ ގިނަ ކޯސް

Jul 1, 2021

ވިލާ ކޮލެޖުގެ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 117 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު މި ކޯސްތައް ކުޅުދުއްފުށީގައި ހުންނަ ވިލާ ކޮލެޖުންވެސް ކިޔެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޤުރުއާން، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގ، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 117 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލާފަ އެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 61 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 10 ކޯހަކާއި، ޑިގްރީ ފެންވަރުގެ 30 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަމަ އެއާއެކު، އޭސީސީއޭގެ އެޕްލައިޑް ނޮލެޖް، އެޕްލައިޑް ސްކިލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ސެޕްޓެމްބަރ އިންޓޭކަށް ވިލާ ކޮލެޖުން ވަނީ ހުޅުވާލާފަ އެވެ. ސެޕްޓެމްބަރ އިންޓޭކުގައި މި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން، ބްލެންޑެޑް އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ވެސް ހިމެނެ އެވެ.

ސެޕްޓެމްބަރ 2021 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ކޯސްތައް ވެސް ހިމެނެ އެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސައި ދީފަ އެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 28 އޮގަސްޓް 2021 އެވެ. ކޯސްތަކުގެ ކިޔެވުން، ސެޕްޓެމްބަރ މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފެށޭނެކަމަށް ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުން މައުލޫމާތު ދެއެވެ.

މި ކޯސްތަކަށް ވިލާ ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކޮށްލެވޭނެ އެވެ. އިތުރު މައުލޫމާތު ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅައި ނުވަތަ ވައިބަރ ކޮށްގެން ސާފުކޮށްލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355