twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޭއާރުއެޗަށް، އިތުރު ދިވެހި ޑޮކްޓަރެއް ގުޅިއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 3, 2021
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިތުރު ދިވެހި ޑޮކްޓަރެއް މަސައްކަތް ކުރަން ފަށައިފި އެވެ. މިހާރުވެސް އެ ހޮސްޕިޓަލުގައި އަންނަނީ އިތުރު ފަސް ދިވެހި ޑޮކްޓަރުން މަސައްކަތް ކުރަމުންނެވެ.

ކޭއާރުއެޗުން ބުނީ އެ ހޮސްޕިޓަލާ އަލަށް ގުޅުނު ދިވެހި ޑޮކްޓަރަކީ، ކުޑަކުދިން ބަލިތަކުގެ ހާއްސަ ޑޮކްޓަރު އައިމިނަތު އަބޫބަކުރު ކަމަށެވެ. އޭނާއަކީ ކުޅުދުއްފުއްޓަށް އުފަން ބޭފުޅެކެވެ.

އަތޮޅުތެރޭގެ ހޮސްޕިޓާތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ދިވެހި ޑޮކްޓަރުން މަސައްކަތްކުރާ އެއް ހޮސްޕިޓަލަކީ ކޭއާރުއެޗެވެ. ޑރ އައިމިނަތުގެ އިތުރުން މިހާރުވެސް އެ ހޮސްޕިޓަލުން އިތުރު ފަސް ދިވެހި ޑޮކްޓަރުން ދަނީ މަސައްކަތްކުރައްވަމުންނެެވެ.

އެއީ ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ މުހައްމަދު ފައިސަލް އަދި ޖެނެރަލް ޕްރެކްޓިޝަނަރ، ޑރ ފާތިމަތު ލީނާ އާއި އެތެރެހަށީގެ ޑޮކްޓަރު، ޑރ މުހައްމަދު ނަޒީފާއި، އޮޕަރޭޝަން ޑޮކްޓަރު، ޑރ އަލްތާފް އަދުނާން އިސްމާއިލާއި ދަތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ ހަދީޖާ އިބުރާހިމެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޑޮކްޓަރުން އިތުރު ކުރުމަކީ އެ ހޮސްޕިޓަލްގެ ވަރަށް ބޮޑު އަމާޒެއް ކަމަށާ އެކަމަށް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެވޭ ހިދުމަތުގެ ފެންވަރު މަތިވެ، ހިދުމަތް ހޯދައި ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ދިވެހި ޑޮކްޓަރުން އިތުރުވުމަކީ ހިދުމަތް ހޯދުމަށް އެ ހޮސްޕިޓަލަށް ދާ ފަރާތްތަކުގެވެސް ބޮޑު ހިތްހަމަޖެހުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355