twitterviber whatsapp telegramfacebookyoutube instagram
29th March 2024

"އެޕްރިކޮޓް" ބަނޑު ހިކުމަށް ފަރުވާއެއް

ނަބީލާ އިސްމާޢީލް
Jul 5, 2021

ބަނޑު ހިކުމުގެ ވޭނަކީ ކުދި އަދި ބޮޑެތި މީހުންނަށްވެސް ތަހަންމަލު ކުރަންޖެހޭ ވޭނެކެވެ. ގިނަ ފަހަރަށް އެ ވޭނުން ލުއިކަމެއް ހޯދެނީ ޑޮކްޓަރީ ބޭހަކުންނެވެ. ނަމަވެސް ބައެއް މޭވާ އާއި ތަރުކާރީގައިވެސް މި ވޭނަށް ލުއި ލިބެ އެވެ. އެ ގޮތުން އެޕްރިކޯޓަކީ މި ވޭނަނަށް ފަރުވާއެއްގެ ގޮތުގައި ފާހަގަ ވެފައިވާ މޭވާ އެކެވެ.

އެޕްރިކޮޓް ގައި "ސެލިއުލޯސް " އަދި "ޕެކްޓިން " އެކުލެވޭތީ މިއީ ބަނޑު ފަސޭހަކޮށްދޭ އެއްޗަކަށް ވެއެވެ. ބަނޑުހިކިފައިވާ މީހަކު ދުވާލަކު 8-6 ވަރަކަށް އެޕްރިކޮޓް ބޭނުންކުރާނަމަ، ބަނޑުހިކުމުގެ މައްސަލަ ހައްލުވެގެންދިއުމަށް އެހީތެރިވެދެ އެވެ.

ސެލިއުލޯސް އަކީ ގޮހޮރުގެ ހަރަކާތް އަވަސް ކުރުމަށް އެހީތެރިވެދޭ މާއްދާ އަކަށްވާއިރު، ޕެކްޓިން އަކީ ގޮހޮރުގެ ތެރޭގައި ފެންހަރުލައި ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން އެޕްރިކޮޓްގައި ޑައެޓްރީ ފައިބަރު ހުރުމަކީ ވެސް ބަނޑުހިކުމަށް ލުޔެއް ލިބޭ ކަމެކެވެ. މީގެ އިތުރުން ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލައެއް ކަމުގައިވާ "ޑައިވާޓިކިޔުލައިޓިސް " އަދި މައިދާގެ ކެންސަރުން ރައްކާތެރިވުމަށް ވެސް ފައިބަރަކީ އެހީތެރިވެދޭ މާއްދާ އެކެވެ.

މި މޭވާ ބޭނުންކުރުމަކީ ހަށިގަނޑުގައި "އަލްކަލައިން ރިއެކްޝަން" އުފައްދާ ކަމެއްކަމަށް ވުމުން ކެއުމުގެ ކުރިން ދެތިން އެޕްރިކޮޓް ބޭނުންކުރުމުން، އޭގެ ފަހުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ.

އަލްކަލައިން ރިއެކްޝަންގެ ސަބަބުން އެސިޑްތައް ނިއުޓްރަލައިޒް ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ. އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355