twitterviber whatsapp telegramfacebookyoutube instagram
2nd February 2026

އެއްލާލި ބޭންޑްވީ މީހެއްގެ ފުރާނަ ސަލާމަތްކުރަން އެހީއަކަށް

މުޙައްމަދު އަހުމަދު
Jul 5, 2021

ފުޓްބޯޅަ މެޗެއްގެ ތެރެއިން އެއްލާލި ބޭންޑް މީހެއްގެ ފުރާނަ ސަލާމަތްކުރަން ލިބުނު އެހީއަކަށް ވެއްޖެ އެވެ.

ފުޓްބޯޅައިގެ ދުނިޔެއަކީ ކޮންމެ ދުވަހަކުވެސް އެތައް ތަފާތު ކަމެއް ފެންނަމުންދާ ދުނިޔެއެކެވެ. ދާދިފަހުން ވެސް މިވަނީ ވަރަށް ތަފާތުކަމެއް ފެނިފަ އެވެ. ޕޯޗުގަލްއާއި ސާބިއާ ބައްދަލުކުރި ފުޓްބޯޅަ މެޗެއްގައި ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކުރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފަހު ވަގުތުގައި ރޮނާލްޑޯ ޖެހި ގޯލެއް ރެފްރީ ބަލައިނުގަތުމުން އޭނާ އަޅައިގެން ހުރި ކެޕްޓަން ބޭންޑް ބިންމައްޗަށް އެއްލާލާފަ އެވެ.

ލަނޑު ބަލައިނުގަތުމުން ކުރިމަތިވި މާޔޫސްކަމާއެކު އައި ރުޅީގައި ބޭންޑް އެއްލާލާފައި ރޮނާލްޑޯ ވަނީ ދަނޑު ދޫކޮށްލާފައި ގޮސްފަ އެވެ. ޖޯޖޭ ވުކަސެވިކް ކިޔާ މީހަކުވަނީ މި ބޭންޑް ނެގުމަށްފަހު ނީލަމުގައި ވިއްކާލައިގެން 75،000 ޑޮލަރު ކާމިޔާބުކޮށްފަ އެވެ.

އޭނާވަނީ މިލާރި 6 މަހުގެ ތުއްތު ކުއްޖެއްގެ އޮޕަރޭޝަނަށް ހަދިޔާކޮށްފަ އެވެ. ފުރާނަ ސަލާމަތްކުރަން ކޮންމެހެންވެސް އެ އޮޕަރޭޝަނަށް ބޭނުންވެފައި އޮތް ތުއްތު ކުއްޖާއަށް މި ލާރިވީ ވަރަށް މުހިންމު އެއްޗަކަށެވެ. އަދި އެ އޮޕަރޭޝަންކޮށް މިހާރުވަނީ ކާމިޔާބުވެފަ އެވެ. ތުއްތު ކުއްޖާގެ ފުރާނަވެސް ވަނީ ސަލާމަތްވެފަ އެވެ.

ދުނިޔޭގައި ކަންކަން ހިނގަނީ އަޖައިބުކުރުވަނިވި ގޮތް ގޮތަށެވެ. މިއީ އޭގެ ތެރެއިން އެއް ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355