twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިވެހިބަހުން ލިޔެފައިވާ ނަސާރާ ދީނުގެ ލިޔުންތަކެއް ރާއްޖެ އެތެރެކުރަން އުޅެފި

ނަބީލާ އިސްމާޢީލް
Jul 6, 2021

ނަސާރާ ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައިވާ ލިޔުންތަކެއް ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހުއްޓުވައި، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސް ކުރުމުގެ ތެރޭގައި މި ފަހަކަށް އައިސް ކްރިސްޓިއަން ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައި ހުރި ލިޔުންތަކެއް ބޭރުގެ އެކި ފަރާތްތަކުގެ ނަން ނަމުގައި ރާއްޖެއަށް ފޮނުވަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ބޭރުގެ އެކިއެކި ފަރާތްތަކުގެ ނަމުގައި ފޮނުވާ މި ލިޔުންތައް އެޑްރެސް ކޮށްފައި ހުންނަނީ ރާއްޖޭގެ އެކި މުއައްސަސާ ތަކާއި އަމިއްލަ ކުންފުނި ތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، ސިޓީ އުރައަކަށް ލާފައި ފޮނުވާ މި ލިޔުންތަކަކީ، އެޑްރެސް ކޮށްފައި ހުންނަ ފަރާތްތަކަށް އެނގުމަކާ ނުލައި، އޮޅުވާލައިގެން ފޮނުވާ ލިޔުންތަކެއް ކަމަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

ޣައިރު ދީންތަކުގެ މައުލޫމާތު ހިމެނޭ ފޮތްތައް ރާއްޖެ ގެނައުމަކީ ގާނޫނީގޮތުން ކުށެކެވެ. އެހެންކަމުން މިފަދަ ލިޔުންތައް ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމްސް އިން ހިފަހައްޓަމުން ދާ ކަމަށާއި މިފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ފުލުހުންނާ އެކުގައި މަސައްކަތް ކުރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355