ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވިގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމުން ރޭ ފާސްކޮށްފި އެވެ.
ރިޕޯޓް ފާސްކޮށްފައިވަނީ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. ރޭ ކުރިޔަށްދިޔަ މިދައުރުގެ ފަހު ޖަލްސާގައި މިރިޕޯޓް ހުށަހަޅުއްވާ ރިޕޯޓަށް މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ. އެގޮތުން ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ވަނީ ފުރުސަތު ދެއްވާފައެވެ. ރޭ 8:30 ގައި ފެށުނު ޖަލްސާ ނިމިފައިވަނީ ފަތިހު 3:55 ހާއިރުއެވެ.
މި އިންކުއަރީ ރިޕޯޓުގައި ބައެއް އިހުމާލުތައް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރު މާރިޔާގެ އިހްމާލު އޮތް ކަން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މިނިސްޓަރު މާރިޔާއާ ހިއްސާ ކުރި މައުލޫމާތާ ގުޅުވައިގެންނެވެ. މީގެ މައުލޫމާތު މި ދެ ބޭފުޅުން މީގެކުރިން ވަނީ މީޑިއާގައި ހިއްސާވެސް ކުރައްވާފައިވެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާކަމަށެވެ.
ރިޕޯޓަށް ބަހުސްކުރެއްވި މެމްބަރުންވަނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަންކަން ސަރުކާރުން ކުރަމުންދޭތޯ މަޖިލީހުން ގާތުން ބަލަމުން ގެންދިޔުމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިއިންކުއަރީން ހަމަލާއަށް ފަންޑުކުރި މީހުންނާއި ހަމަލާދިން މޯޓިވް ސާފުނުވާތީ އެކަމުގެ ކަންބޮޑުވުންވެސް މެމްބަރުން ފާޅުކުރެއްވިއެވެ. ނަމަވެސް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި 241 ކޮމިޓީން ފުރިހަމަ އިންކުއަރީއެއް ކުރިޔަށް ގެންގޮސްފައިވާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ހަމަލާ ދިނުމުގެ ބޭނުން، ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.
ކޮމިޓީ ރިޕޯޓް ޖުމްލަ 45 ރިކޮމެންޑާޝަނެއް ހިމެނެއެވެ. މީގެތެރޭގައި ސިފައިން ހަތިޔާރާއެކު ރައީސް ނަޝީދުގެ ގެކޮޅު މޮނިޓަރ ކުރުން ހިމެނެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމުން މިރޭ ފާސްކޮށްފި އެވެ.
މިރޭ 8:30 ގައި ފެށި ޖަލްސާ ނިންމާލީ ހަތްގަޑިއިރަށް ވުރެ ދިގު ބަހުސަށްފަހު ފަތިހު ހަތަރެއްޖެހުމާއި ދާދި ގާތުގައި ވަނިކޮށެވެ. 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަށް މަޖިލީހުގެ ހުރިހާ މެންބަރުންހެން ބަހުސް ކޮށްފައިވެއެވެ. ޖަލްސާ ދިގުލައިގެން ދިޔައީ އެދިވަޑައިގެން ހުރިހާ މެންބަރުންނަށް ބަހުސަށް ފުރުސަތު ދެއްވުމުންނެވެ.
މެންބަރުންގެ ދިގު ބަހުސްތަކަށް ފަހު ފަތިހު ރިޕޯޓް ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
މިއަދު ހަވީރު ނެރުނު މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި ބައެއް އިހުމާލުތައް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރު މާރިޔާގެ އިހްމާލު އޮތް ކަން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މިނިސްޓަރު މާރިޔާއާ ހިއްސާ ކުރި މައުލޫމާތާ ގުޅުވައިގެންނެވެ. މީގެ މައުލޫމާތު މި ދެ ބޭފުޅުން މީގެކުރިން ވަނީ މީޑިއާގައި ހިއްސާވެސް ކުރައްވާފައިވެ އެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.
ބައެއް މެންބަރުން ވަނީ ދެ މިނިސްޓަރުނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކަމާއެކު އެޅުމަށް ގޮވާލެއްވިއެވެ. ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީގެ މެންބަރުންނެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުންދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ހަމަލާ ދިނުމުގެ ބޭނުން (މޯޓިވް) އާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.
އެކަމަށްވެސް ބައެއް މެންބަރުން ފާޑުވިދާޅުވިއެވެ. ވިދާޅުވީ ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު އެހިސާބަށް ދެވިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަަށެވެ.
އިންކުއަރީއަށް އެއްކުރެވުނު މައުލޫމާތުން އެނގުނު ގޮތުގައި ޓެރަރިސްޓް ހަމަލާއެއް ދެވޭނީ ތިން ކަމެއްގެ ފުރިހަމަ ވެގެން ކަމަށާ ކަމަށާ އެއީ ނިޔަތާއި ގާބިލްކަން އަދި ޓާގެޓް އާއި ހަމައަށް ދެވުނު ކަމަށް ރިޕޯޓްގައިވެއެވެ. މިކަންކަމަށް ބަލާއިރު ޓެރަރިސްޓް ހަމަލާއެއް ދޭން ބޭނުންވާ ބަޔަކަށް ބޭނުންވަނީ ރައީސް ނަޝީދު ހަމައަށް ދެވޭނެ ގޮތެއް ލިބުން ކަަމަށާ އަދި ރަައީސް ނަޝީދަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް އޭރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އެކްސެސް ހުއްޓުވުން ކަމަށެވެ.
އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްތައް ފުލުހުންގެ އެހީތެރިކަން ހޯދައިގެން ކްލިއާކޮށް ސްވީޕްކޮށް "އިލެކްޓްރިކް ކައުންޓާ މެޝާޒް" ފަދަ ވަސީލަތްތައް ބޭނުންކުރިނަމަ މެއި ހައެއްގެ ޓެރަރިސްޓް ހަަމަލާ ދިނުމުގެ ފުރުސަތު ކުޑަކުރެވުނީސް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރުމަށް ހިންގާ ކަންކަން ހުއްޓުވުމަަށް މަސައްކަތް ކުރުމާއި، ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަނީ ކިހިނެތްކަން ދެނެގަނެ އެ ދޮރުތައް ބަންދުކުރެވޭނެ ގޮތެއް ގާއިމުކުރުމާއި، ޖަލުތަކުގައި ހިންގާ ދީނީ ޕްރޮގްރާމް ތަކަކީ ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ހިންގާ ޕްރޮގްރާމްތައް ނޫން ކަމުގައި ކަށަވަރުކުރަންޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެެވެ.