twitterviber whatsapp telegramfacebookyoutube instagram
25th February 2026

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފި

ނަބީލާ އިސްމާޢީލް
Jul 9, 2021

މޫސުން ގޯސްވެ, ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 10:00 ން ހަވީރު 15:00 އަށް ހއ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަާށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި, ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 50މެލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި އާދީއްތަ ދުވަހާ ހަމައަށް ވިއްސާރައާއި ގަދަ ވަޔާއެކު ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވަނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355