twitterviber whatsapp telegramfacebookyoutube instagram
19th August 2026

އޮމާންއަށް ދަތުރުކުުރުން މަނާ ގައުމުތަކުގެ ލިސްޓަށް 23 ގައުމެއް

ޚަދީޖާ އާދަމް
Jul 10, 2021

ކޮވިޑް-19 އާއި ގުޅިގެން އޮމާނަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފި އެވެ.

މި އަހަރު އޭޕްރިލް މަހުން ފެށިގެން ގާތްގަނޑަކަށް 23 ގައުމެއް އޮމާންއަށް ދަތުރުކުރުން މަނާ ލިސްޓުގައި އޮތްއިރު އިންޑިޔާއާއި، ޕާކިސްތާނު ވެސް މިހާރު ވަނީ އެލިސްޓަށް އަރާފައެވެ. އެގޮތުން އެގައުމު ތަކުގެ ފްލައިޓްތައް ވަކިގޮތެއް އަންގަންދެން އޮމާނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެގައުމުން ބުނީ މިގޮތަށް ކަންތައްކުރަން ނިންމީ ކޮވިޑް-19 އިން ސަލާމަތްވުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުންނެވެ. މިވަގުތު ކޮވިޑްގެ ނުރައްކާ އެންމެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ބަންގްލަދޭސް އަދި އިންޑިޔާ ހިމެނެއެވެ.

އޮމާންގެ ލިސްޓުގައި ޔޫކޭ، ސިންގަޕޯރ، އާޖެންޓީނާ، ކޮލަމްބިޔާ އަދި ބްރެޒިލް ފަދަ ގައުމުތައްވެސް ހިމެނެއެވެ. މީގެ އިތުތުން ޓިއުނީޝިޔާ، ލެބްނާން، އިރާން، އިރާގް، ލީބިޔާ ވެސް ވަނީ ލިސްޓުގައި ހިމަނާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355