twitterviber whatsapp telegramfacebookyoutube instagram
29th March 2024

އީދު ބަންދުގައި ކުޅިވަރާއި މުބާރާތްތައް ނުބާއްވަން އަންގައިފި

ނަބީލާ އިސްމާޢީލް
Jul 11, 2021
2

އީދު ބަންދުގައި ކުޅިވަރު މުބާރާތްތަކާއި ގިނަ މީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނުގައި އީދު ބަންދާއި ޗުއްޓީގައި ދަތުރު ކުރުމާއި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮވިޑް19އިން ރައްކާތެރިވުމަށް ސަމާލުކަންދީ ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ގިނަ މީހުން އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ނުބޭއްވުމަށާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހުތިޔާރު ކުރުމަށާއި އެއްރަށުން އަނެއް ރަށަށް މީހުން ގޮސްގެން ހަރަކާތްތައް ނުބޭއްވުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު ރަނގަޅަށް މާސްކް އަޅާ ތިމާ އާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭ ގޮތަށް މާސްކް އެޅުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން ބޮޑު އީދު ބަންދުގައި ކުޅިވަރު މުބާރާތްތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ޕާކްތަކާއި މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމާއި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމަށް އަންގާފައިވެއެވެ.

ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދިނުމުން ވަރަށް ގިނަ ބަޔަކު ދަނީ އަތޮޅުތަކަށް ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355