twitterviber whatsapp telegramfacebookyoutube instagram
11th November 2026

ކައުންސިލްތަކުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރެވޭގޮތް ހަދައިފި

ޚަދީޖާ އާދަމް
Jul 12, 2021

ކައުންސިލް ތަކުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މިހާރު އޮންނަ ގޮތުން ކައުންސިލްތަކުން ރަސްމީކޮށް ކުރާ ފައިސާގެ މުއާމަލާތްތަކުގައި އިންޓަނެޓް ބޭކިންގެ ބޭނުމެއް ނުކުރެ އެވެ. ކައުންސިލް ތަކަށް އިންޓަނެޓު ބޭންކިން މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖައްސާފައި ވަނީ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އުސޫލެއް ހަދައިގެންނެވެ. މި އުސޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައިވާ ގޮތުން، ދައުލަތުގެ ފައިސާ އާއި ގުޅުންހުރި މަސައްކަތްތައް ހަރުދަނާ ކުރުމަކީ އެ މިނިސްޓްރީން ކުރާ މަސައްކަތެއް ކަމަށާއި އޮންލައިން ބޭންކިންގެ ހިދުމަތަކީ ކައުންސިލްތަކުގެ މަސައްކަތަށް އިތުރު ހަރުދަނާ ކަމެއް ގެނެވޭނެ ހިދުމަތަކަށްވާނެތީ ކައުންސިލްތަކަށް އެ ހިދުމަތް ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައި ވާކަމަށެވެ.

ކައުންސިލް ތަކުން އޮންލައިން ބޭންކިންގެ ހިދުމަތް ބޭނުން ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލުގައި އެކަން ކުރިއަށް ގެންދާނެ ގޮތް ބުނެދީފައިވެ އެވެ. ހިދުމަތް ހޯދަން ބޭނުންވާ ކައުންސިލް ތަކުން އިންޓަނެޓް ބޭންކިން ހިދުމަތަށް އެދޭ ފޯމު މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްގައި އެދެންޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293