twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބޫލް ބުލައްޔާ 2 ގެ ޝޫޓިން ލަހެއް ނުކުރަން: އަނީޒް

ޚަދީޖާ އާދަމް
Jul 12, 2021

އިންޑިޔާގެ ކޮވިޑްގެ ހާލަތު ދެވަނަ ފަހަރަށް ގޯސް ވުމާއި ގުޅިގެން ހުއްޓާލާފައިވާ ބޫލް ބުލައްޔާ 2 ގެ ސޫޓިން އިތުރަށް ފަސްކުރިކަމަށް މީޑިޔާގައި ދެކެވޭ ވާހަކަތައް ޑައިރެކްޓަރ އަނީޒް ބަޒްމީ ދޮގުކޮށްފި އެވެ.

ކޮވިޑްގެ ކަންކަން ހަމައަކަށް އެޅުމުން ވީ އެންމެ އަވަހަށް ސޫޓިން ފެށުމަށް ނިންމާފައިވާކަމަށާއި އެ ތާރީހުތައް ހުސްކުރުމަށް ކާސްޓުންގެ ކިބައިވެސް އެދިފައިވާ ކަމަށް އަނީޒް ބުންޏެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި ސޫޓިން ފަށަން ނިންމާފައިވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަހުގެ ހަބަރުތަކުން ބުނާގޮތުން އެ ފިލްމު ސޫޓިން ވަނީ އޮގަސްޓްމަހުގެ މެދުތެރެއަށް ލަސްކޮށްފައެވެ.

އެވާހަކަ ދޮގުކޮށް އޭނާ ބުނީ ކޮވިޑްގެ ސަބަބުން މިހާރުވެސް ވަރަށް ބޮޑު ގެއްލުން ވެފައިވާކަމަށާއި އަނެއްކާ މިހާރު ކޮވިޑްގެ 3 ވަނަ ރާޅެއް އަރަން އުޅޭ ކަމުގެ ބިރުވެރި ހަބަރާއެކު ސޫޓިން އަވަހަށް ފަށަން ބޭނުންވާކަމަށް ވަނީ ހާމަކޮށްފައެވެ. އޭނާ ބުނީ މިހާރުވެސް 20-25 އިންސައްތައިގެ ގެއްލުން ވެފައިވާކަމަށެވެ.

2007 ވަނަ އަހަރު ނެރުނު ބޫލް ބުލައްޔާގެ ފުރަތަމަ ފިލްމު ވެގެން ދިޔައީ ވަރަށް ބޮޑު ހިޓަކަށެވެ. އެ ކާމިޔާބާއެކު އޭގެ ދެވަނަ ފިލްމު 2019 ގައި އިއުލާންކޮށް ފުރަތަމަ ރިލީޒް ކުރަން ހަމަޖެހުނީ 31 ޖުލައި 2020 ގައެވެ. ނަމަވެސް ކޮވިޑްގެ ސަަބަބުން ފިލްމު ލަސްކުރީއެވެ.

ދެވަނަ ފިލްމުންގެ ލީޑުން ފެނިގެންދާނީ ކާތިކް އާރިޔަން، ކިއާރާ އަދުވާނީ އަދި ތައްބޫ އެވެ. އޮރިޖިނަލް ފިލްމުން ފެނިގެން ދިޔައީ އަކްޝޭ ކުމާރު، ވިދްޔާ ބާލަން އަދި އަމީޝާ ޕަޓޭލްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355