twitterviber whatsapp telegramfacebookyoutube instagram
14th April 2026

ހދ ގެ 11 ރަށަކުން ރިޕޯޓް ފޮނުވި، ނުފޮނުވަނީ އެންމެ ކައުންސިލަކުން!

ނަބީލާ އިސްމާޢީލް
Jul 13, 2021

ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލްތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ފޮނުވާފައިވަނީ 11 ކައުންސިލަކުންނެވެ.

ފުރަތަމަ ހަ މަހުގެ ރިޕޯޓް ފޮނުވާފައިނުވަނީ މިއަތޮޅުން ހަމަ އެކަނި ހދ ހަނިމާދޫ ކައުންސިލުންނެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލަކަށް ބަދަލުވުމާ ގުޅިގެން މި ރިޕޯޓް އެ ކައުންސިލުން ފޮނުވަން ޖެހެނީ ސީދާ އެލްޖީއޭއަށެވެ.

ހދ.އަތޮޅު ކައުންސިލުން އާންމު ކުރި ތަފްސީލުގައިވާ ގޮތުން މި ރިޕޯޓް ހުށަހަޅާފައިވާ ކައުންސިލްތަކަކީ:

  • ހދ. ފިނޭ ކައުންސިލްގެ އިދާރާ
  • ހދ. ނައިވާދޫ ކައުންސިލްގެ އިދާރާ
  • ހދ. ހިރިމަރަދޫ ކައުންސިލްގެ އިދާރާ
  • ހދ. ނޮޅިވަރަމްފަރު ކައުންސިލްގެ އިދާރާ
  • ހދ. ނެއްލައިދޫ ކައުންސިލްގެ އިދާރާ
  • ހދ. ނޮޅިވަރަން ކައުންސިލްގެ އިދާރާ
  • ހދ. ކުރިނބީ ކައުންސިލްގެ އިދާރާ
  • ހދ. ކުމުންދޫ ކައުންސިލްގެ އިދާރާ
  • ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާ
  • ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ
  • ހދ. މަކުނުދޫ ކައުންސިލްގެ އިދާރާ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ޖުލައި 10 ދުވަހުގެ ކުރިން އެ އަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ، އަތޮޅު ކައުންސިލަށް ފޮނުވަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355