twitterviber whatsapp telegramfacebookyoutube instagram
26th September 2026

ޖަޕާނުން ރާއްޖެެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރަނީ

ޚަދީޖާ އާދަމް
Jul 13, 2021

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމައިފިއެވެ.

އެގައުމުން ރާއްޖެއަށް ހަދިޔާ ކުރަނީ ކޮން ވެކްސިނެއްކަމެއް އަދި ހަދިޔާ ކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަަށް ޖަޕާނުން ވެކްސިން ހަދިޔާ ކުރަނީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިންނެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމަކަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާލެވޭނީ މި 10 ގައުމުގެ މެދުގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔުއްވާފައެވެ. މީގެ އިތުރުން ޖަޕާނުގެ މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުން ރަމްޒުވެގެންދާކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޖަޕާނުގެ އިތުރުން ކެނެޑާއާއި އެމެރިކާއިންވެސް ވަނީ މީގެ ކުރިން ކޮވެކްސް މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293