twitterviber whatsapp telegramfacebookyoutube instagram
30th April 2026

ފޯކައިދޫ ކޭސްއާ ގުޅުންހުރި އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
Jul 13, 2021

ށ ފޯކައިދޫ ކޭސްއާއި ގުޅުންހުރި އިތުރު މީހަކު ޕޮޒިޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އިއްޔެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ފޯކައިދޫ ސިއްހީ މަރުކަޒުން ރެފާރކޮށްގެން ކުޅުދުއްފުއްޓަށް ގެނައި 61 އަހަރުގެ އަންހެނެކެވެ. އެމީހާ ކޮވިޑަށް ޓެސްޓްކޮށްފައިވަނީ އެމީހާގެ ނޭވާ ކުރުވެ، ރޯގާގެ އަލާމާތްތައް ފެނުމުންނެވެ.

އެގޮތުން އިއްޔެ ރޭ 22:30 ހާއިރު ސާމްޕަލްގެ ނަތީޖާ ލިބުނުއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެމީހާވަނީ އެކަހެރިކޮށް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ކޭޕީއެލް ގެސްޓްހައުސްއަށް ބަދަލުކޮށްފައެވެ. ބަލި މީހާއާއެކު އައި އެހީތެރިންވެސް ވަނީ ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

އެގޮތުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 4 އާއިލާ މެންބަރުންގެ ސާމްޕަލް މިއަދު ހެނދުނު ނަގާ ޓެސްޓުކުރި އިރު ޕޮޒިޓިވްވި އަންހެން މީހާގެ ފިރިމީހާގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

ކޭއާރުއެޗުން ބުނީ ޕޮޒިޓިވި އަންހެން މީހާ މިއަދު ހެނދުނު ވަނީ ސީއެމްބިއުލާންސްގައި ބ އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ކޭޕީއެލް ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ފަހުން ޕޮޒިޓިވްވި ފިރިހެންމީހާވެސް މިހާރު ވަނީ އެކަހެރިކޮށްފަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355