twitterviber whatsapp telegramfacebookyoutube instagram
9th August 2025

ރައީސް ލާމަރުކަޒީ ނިޒާމް ޕެރަލައިޒް ކޮށްލަށް އުޅުއްވަނީ ކައުންސިލް އިންތިހާބު ގެއްލޭނެކަން ކަށަވަރުވާތީ: އާސިފް

އަބްދުލް ވާހިދު ޙަސަން
Aug 5, 2025

ލާމަރުކަޒީ ނިޒާމު ޕެރަލައިޒްކޮށްލަން އުޅުއްވަނީ މުޅި ރާއްޖޭގައިވެސް ކައުންސިލް އިންތިހާބު ރައީސް ޑރ މުހައްމަދު މުއިއްޒަށް ގެންލޭނޭކަން ކަށަވަރުވާތީކަމަށް ށ ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް އޮތް ބާރު ހަނިކޮށް، އަތޮޅުތެރެ ނިކަމެތިކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ގިނަ ކައުންސިލްތަކަކާއި ރައްޔިތުން އަންނަނީ އަޑުއުފުލަމުންނެވެ.

ރަށްތައް ނިކަމެތިކޮށް މަރުކަޒީކުރުމާ ދެކޮޅު ހެދުމުގެ ގޮތުން، ފޯކައިދޫ ރައީސް އަހުމަދު އާސިފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމް ޕެރައިޒްކޮށްލަން އުޅުއްވަނީ އެމަނިކުފާނަށް ކައުންސިލް އިންތިހާބުގެ ތާއިދު ނެތް ކަށަވަރުވާތީ ކަމަށެވެ.

"ރައީސް މުއިއްޒު ލާމަރުކަޒީ ނިޒާމް ޕެރަލައިޒް ކޮށްލަށް އުޅުއްވަނީ މުޅި ރާއްޖޭގައިވެސް އެމަނިކުފާނުންނަށް ތާއީދެއް ނެތްކަން އެނގި ކައުންސިލް އިންތިހާބު އަމަނިކުފާނަށް ގެއްލޭނެކަން ކަށަވަރުވާތީ. މި ނިޒާމް ފުނޑާލައިފިނަމަ ޑރ. މުއިއްޒު ލޭބަލްވާނީ ރައްޔިތުންގެ ހައްގުތަކަށް އަރައިގެން އަނިޔާވެރިއެއްގެ ގޮތުގައި." އާސިފް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ޑރ މުއިއްޒު މާލޭ މޭޔަރަކަށް ހުންނަވައި ދިފާއު ކުރެއްވި ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ ހިލާފު ބިލެއް ހަމަ އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ. ބިލާއެކު އަތޮޅުތެރޭގެ ތަރައްގީ ފަހަތަށް އޮއްސައިލައިގެންދާނެ އެވެ.

އަދި އަތޮޅުތެރޭގެ ރައްޔިތުން ނިކަމެތިވެ އިތުރަށް މަރުކަޒީވެގެންދާނެ އެވެ. އެހެންވުމުން ގިނަ ކައުންސިލްތަކަކުން އަންނަނީ މި ބިލާ ދެކޮޅަށް އަޑުއުފުލައި ބިލް އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355