twitterviber whatsapp telegramfacebookyoutube instagram
21st January 2026

މިމަހު 28 އަދި 29 ވަނަދުވަސް ސަރުކާރު ބަންދު

ނަބީލާ އިސްމާޢީލް
Jul 13, 2021

މި މަހުގެ 28 އަދި 29 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ހަމަޖައްސަވާފައި ވަނީ އަޟްޙާ އީދާއި މިނިވަން ދުވަހާ ގުޅިގެން ޗުއްޓީ އަށާއި އަދި އެނޫން އެހެން ބޭނުން ތަކަށް ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.

އަންނަ ހުކުރު ދުވަހުން ފަށައިގެން ސަރުކާރުން ބަންދުވާ އިރު، 28 އަދި 29 އަކީ ބަންދުދުވަސްތައް ކަމަށް ހަަމަޖެއްސުމުން 16 ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބޭނެ އެވެ.

އެގޮތަށް ހަމަޖެއްސުމުން އީދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު އޮފީސްތައް ދެން ހުޅުވާނީ އަންނަ މަހުގެ އެކެއް ގަ އެވެ.

ކޮވިޑްގެ ކޭސްތައް މަދުވެ ރަށްރަށަށް ދަތުރުކުރުމުގައި ލުއިތައް ދިނުމުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ޗުއްޓީ ހޭދަކުރުމަށް ރަށްރަށަށް ދަތުރުކުރަމުންނެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355