އުރީދޫގެ ރިވޯޑް ސްކީމް ކްލަބް ޕްރިމިއާގެ ހިދުމަތް އެ ކުންފުނީގެ ސުޕަނެޓް ކަސްޓަމަރުންނަށް ތައާރަފު ކޮށްފި އެވެ.
2015ވަނަ އަހަރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކުރެވިފައިވާ މި ހިދުމަތަކީ އެކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ހާއްސަ ރިވޯޑް ސްކީމްއެކެވެ. ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ.
ސުޕަނެޓް 40އެމް އާއި މަތީގެ ޕެކޭޖްތައް ގެންގުޅޭ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހިދުމަތް ލިބޭއިރު، ގެންގުޅުއްވާ ޕެކޭޖަކާއި ގުޅޭގޮތަށް ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރޝިޕްއަށް ބެހިގެންދާނެއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ، ކްލަބް ޕްރިމިއަރ ރިވޯޑް ސްކީމްއަކީ އުރީދޫ ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށްޓަކައި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ހިދުމަތްތައް ފޯރުކޮށްދޭ މަގުބޫލު ބްރޭންޑްތަކުން ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބޭ ގޮތައް ފަރުމާކުރެވިފައިވާ ޕްރޮގްރާމްއެއް ކަމަށެވެ.
"މިއަދު ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މިޚިދުމަތަށް އަޅުގަނޑުމެން މި މަރުހަބާ ކިޔަނީ ނުހަނު އުފަލާއެކު، ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ މިފަދަ ޚިދުމަތްތައް ފުޅާކޮށް އިތުރު ފުރިހަމަކަމާއި ގިނަ ފައިދާތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން," ނިޔާޒު ވިދާޅުވިއެވެ.
ކްލަބް ޕްރިމިއަރ ހިދުމަތް ތައާރަފް ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އުރިދޫއިން ކުރެ އެވެ.
އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނާވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ.
ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެއެވެ.
މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އަދި ގޯލްޑްއާއި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސް ގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ.
ޕްރައޯރިޓީ ޕާސް މެމްބަޝިޕްއާއެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖްތަކުން ހިދުމަތް ހޯދޭނެއެވެ.
ކްލަބް ޕްރިމިއަރ މެމްބަރޝިޕް ލިބޭ ކަސްޓަމަރުންގެ ޑިޖިޓަލް ކާޑް އުރީދޫ އެޕް މެދުވެރިކޮށް ފެންނާނެ އެވެ.