twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އެތައް އަހަރެއްގެ ތަރައްގީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހާސިލުކޮށްދިން: ކުމުންދޫ ކައުންސިލް

މުޙައްމަދު އަހުމަދު
Jul 18, 2021

އެތައް އަހަރެއްގެ ތެރޭގައި ނުކުރެވޭހާ ގިނަ ތަރައްޤީގެ ކަންކަން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެރަށަށް ހާސިލުވެފައިވާކަމަށް ކުމުންދޫ ކައުންސިލުން ހާމަކޮށްފި އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ކުމުންދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މަޝްރޫއުތަކެއް ކަމުގައި ފާހަގަކުރައްވަމުން ކުމުންދޫ ކައުންސިލުން އިއްޔެ ވިދާޅުވީ އެތައް އަހަރެއްގެ ތެރޭގައި ނުކުރެވޭހާ ގިނަ ތަރައްޤީގެ ކަންކަން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެރަށަށް ހާސިލުވެފައިވާކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ރަށުގެ ބަނދަރަށް ވަދެ ނިކުމެ ވުމުގައި ދިމާވާ ދަތިކަމުގެ މައްސަލަ އެވެ. ރަށުގެ މާސްޓަރ ޕްލޭންގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ރަށު ކައުންސިލުން ހުށަހަޅާފައިވާއިރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ވިޔަފާރިޔާ އިޖްތިމާއީ ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރެއްވި އެވެ.

ބަނދަރުގެ ނެރުގެ މައްސަލައަކީ ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވާ އެކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރެއްވިއިރު ހެލްތު ސެންޓަރާއި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތާއި ސްކޫލާއި ގުޅިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ކައުންސިލާ ހިއްސާކުރައްވާފައިވެ އެވެ. ރައްޔިތުންގެ އެދުމުގެ މަތިން އެރަށުގައި ފޮލިސް ޕޯސްޓެއް ޤާއިމުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވާފައިވެ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކަށް ބަލާލާއިރު އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނެތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ފާހަގަކުރެއްވި އެވެ. އަދި ރަށުގައި ދަނޑުވެރިކަންކުރާ އަންހެނުންނަށް، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓްކުރާނެ ގޮތްތަކެއް ފަހިކުރުމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިޔާއާ މަޝްވަރާކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ މިދަތުރުފުޅުގެ ދެވަނަ މަންޒިލް ކަމަށްވާ ކުމުންދޫއަށް ކުރެއްވި ޒިޔާރަތުގައި ހދ. ކުމުންދޫ ސިއްހީ މަރުކަޒަށާއި ސްކޫލުގެ ހާލަތުވެސް ވަނީ ބައްލަވާލާފަ އެވެ.

ސްކޫލްގެ ހަލަތު ބައްލަވާލައްވާފައި ވާއިރު އެ ސްކޫލުގެ ޖާގައިވެ ދަތިކަން ޙައްލުކުރުމަށް އިމާރާތްކުރާ 12 ކްލާސްރޫމްގެ މަޝްރޫއު މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގައެވެ. ކުމުންދޫ ފެނާ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައިވާއިރު ކުމުންދޫ ކުޅީ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދުވެސް ރައީސްގެ ދެކަނބަލުން ވަނީ ބައްލަވާ ލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355