twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސަލްމާނާ ގުޅުން ކަނޑާލުން އެއީ ކުރެވުނު ރަނގަޅުކަމެއް: ސޯމީ

ޚަދީޖާ އާދަމް
Jul 21, 2021

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފްވެ ކާމިޔާބު ތަރިންނާއެކު ފިލްމުތަކެއް ކުޅުނު ނަމަވެސް ސޯމީ އަލީ އިންޑަސްޓްރީގައި މާގިނަ ދުވަހު ފައިތިލަ ސާބިތެއް ނުކުރެވުނު އެވެ.

އޭނާ ފުރަތަމަ ރިލީޒްކުރި ފިލްމަކީ 1993 ވަނަ އަހަރު ލެޖެންޑަރީ މިތުން ޗަކްބަރީއާއެކު ކުޅުނު ކްރިޝަން އަވްތާރް އެވެ. ނަމަވެސް މިއީ ސޯމީގެ އަލަތު ޕްރޮޖެކްޓެއް ނޫނެވެ.

އޭނާ ބޮލީވުޑަށް ތައާރަފްވާން އޮތީ އެއިރު އަރަމުން އައި ތަރި ސަލްމާން ޙާންއާއި އެކު ބުލަންދު ނަމަކަށް ކިޔާ ފިލްމަކުންނެވެ. ނަމަވެސް އެ ޕްރޮޖެކްޓް އެކި ސަބަބުތަކާހުރެ ކެންސަލްވީ އެވެ.

އިންޓަވިއުއެއްގައި ސަލްމާން ބުނީ އެމީހުން ބްލަންދުގެ ޝޫޓިންނަށް ކަތަމަންޑޫއަށްވެސް ދިޔަކަމަށާއި ފިލްމު ކެންސަލްވީ އޭގެވެސް ފަހުންކަމަށެވެ. އެއިރުވެސް އެ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. ފިލްމު ބްލަންދަކީ ސަލްމާން އާއިލީ ޕްރޮޑަކްޝަންގެ ފިލްމެކެވެ.

ސަލްމާން އާއި ސޯމީ ގުޅުން ނިމުމަކަށް އައީ 1999 ވަނަ އަހަރުއެވެ. ސޯމީ ބުނީ ސަމްލާން އޭނާއަށް ބޭވަފާތެރިވީ ކަމަށާއި އެހެން އަންހެނަކާއި ގުޅުން އޮތްކަން އެނގުނު ހިސާބުން ސަލްމާން ދޫކޮށްދީ ކަމަށެވެ. އަދި އެއީ އޭނާއަށް ކުރެވުނު "ހެލްތީ" ކަމެއް ގޮތުގައި ސިފަ ކުރިއެވެ. ސަލްމާނާއި އެކި ސޯމީ ލޯބީގެ ގޮތުން ގުޅިގެން 8 އަހަރު އުޅެފައިވެއެވެ.

ސޯމީގެ ކުރިން ސަލްމާން ޙާން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސަންގީތާ ބިޖިލާނީއާއެވެ. ސަންގީތާ ސަލްމާންއާއި ގުޅުން ކަނޑާލީ ސޯމީ އާއި ލޯބީގެ ގޮތުން ގުޅިމުންނެވެ. އަދި ހަބަރުތައް ބުނާ ގޮތުން ސޯމީ ސަލްމާން ގުޅުން ކަނޑާލީ އައިޝްވާރިޔާއެކު އުޅެން ފެށުނުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355