twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑްގެ އިތުރު ރާޅެއް ހުއްޓުވުމަށް ސަމާލުވާން އެޗްޕީއޭއިން އެދެފި

ޚަދީޖާ އާދަމް
Jul 20, 2021

އީދު ފާހަގަކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދިއަ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އެދެފި އެވެ.

އެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ފާހަގަކުރާ އީދާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށެވެ.

އެގޮތުން ދަތުރުމަތީގައި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުނާ ދެމެދު މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށާއި އާއިލާ މީހުންނާއެކު އެކަނި ކެއުންތައް ބޭއްވުމަށާއި ގިނަ މީހުން ބައިވެރިވެގެން ބާއްވާ އީދު ކުޅިވަރުތަކާއި ރަށްރަރަށަށް ގޮސްގެން ބާއްވާ މުބާރާތްތައް ނުބޭއްވުން އެޗްޕީއޭއިން އެދިފައި ވެއެވެ.

ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވުމުން ކަރަންޓީނު ނުވެ ދަތުރުކުރަން ދިން ލުޔާ އެކު ގިނަ ބަޔަކު ވަނީ ރަށްރަށަަށް ދަތުރުކޮށްފަ އެވެ. އީދު ފާހަގަކުރިޔަސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355