twitterviber whatsapp telegramfacebookyoutube instagram
10th November 2026

ނުރަނގަޅު އާދައެއް، ނަމަވެސް ދުނިޔޭގެ ރެކޯޑެއް

މުޙައްމަދު އަހުމަދު
Jul 27, 2021

އެއް މިނެޓުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ވައިލުމުގެ ރެކޯޑް ބުރެޒިލްގެ މީހަކު މުގުރާލައިފި އެވެ. މިރެކޯޑް ހަދާފައިވަނީ މިދިޔަ އަހަރު ޖުލައި 23 ގަ އެވެ.

މި ރެކޯޑް ހެދިތާ އިއްޔެއަށް އެއްއަހަރުވެފައިވާއިރު މި ރެކޯޑް ބުރެޒިލްގެ ވެސްލީ ޕްރާޑޯ ހެދީ 60 ސިކުންތުގެ ތެރޭގައި 48 ފަހަރު ވައިލައިގެނެވެ. މި ރެކޯޑް އޭނާ ހަދާފައިވަނީ އަބޫދާބީ، ޔޫއޭއީގަ އެވެ.

މީހުންގެ ތެރޭގައި ވައިލުމަކީ ނުރަނގަޅު އާދައެކެވެ. މިކަމުން ވެސްލީ ޕްރާޑޯ މިވަނީ ދުނިޔޭގެ ރެކޯޑެއް ހަދާ ގިނިސް ވޯލްޑް ރެކޯޑްސްގެ ތެރޭގައި އޭނާ ނަން ޖަހާލާފަ އެވެ.

މި ކެޓަގަރީގައި ބައިވެރިވެވޭ އެންމެ ހަގު އުމުރަކީ 16 އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293