twitterviber whatsapp telegramfacebookyoutube instagram
6th February 2026

ޓޯކިއޯ އޮލިމްޕިކްސްގެ ފުރަތަމަ ރަން މެޑަލް ޗައިނާއަށް

މުޙައްމަދު އަހުމަދު
Jul 24, 2021

ޖަޕާނުގެ ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި އެންމެ ފުރަތަމަ ރަން މެޑަލް ޗައިނާގެ އެތްލީޓް ޔެން ޝިއާން ހާސިލްކޮށްފި އެވެ.

ޔެން ޝިއާން ރަން މެޑަލް ހާސިލްކުރީ ބުރާސްފަތި ދުވަހު އޮތް އެއާ ރައިފަލް އިވެންޓްގަ އެވެ. 10 މީޓަރު އެއާ ރައިފަލް އިވެންޓްގައި ޔެން ޝިއާން ރަން މެޑަލް ހާސިލްކުރީ ރަޝިއާގެ އެނެސްޓޭޝިއާ ގަލަޝީނާ ކައިރިން ފަހަތުން އަރައިގެނެވެ. އެހެންވީ ގަލަޝީނާގެ ފައިނަލް ޝޮޓްގައި މެދު ދެބޮޅު މިސްވެ 8.9 ގެ ސުކޯރ އެއް ހޯދުމުންނެވެ.

ޔެން ޝިއާން ވަނީ އޭނާގެ ފައިނަލް ޝޮޓްގައި 9.8 ގެ ސުކޯރް އެއް ހަދާފަ އެވެ. އަދި މިއާއެކު އޭނާ އިވެންޓް ނިންމާލީ 251.8 ގެ އޮލިމްޕިކް ރެކޯޑަކާ އެކުގަ އެވެ. ގަލަޝީނާ ނިންމާލީ 251.1 ގަ އެވެ.

މި އިވެންޓުގެ ރިހި މެޑަލް ގަލަޝީނާ ގެންދިޔައިރު ލޯ މެޑަލް ހާސިލްކުރި ސްވިޒަލޭންޑްގެ ނީނާ ކުރިސްޓެން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355