twitterviber whatsapp telegramfacebookyoutube instagram
16th March 2026

އޮލިމްޕިކްސްގައި ރާއްޖެ ވާދަކުރާ ފުރަތަމަ އިވެންޓް މާދަމާ

މުޙައްމަދު އަހުމަދު
Jul 24, 2021

އޮލިމްޕިކްސްގައި ރާއްޖެ ވާދަކުރާ ފުރަތަމަ އިވެންޓް މާދަމާ ހެނދުނު ފަށާނެ އެވެ.

ބެޑްމިންޓަންގެ މި އިވެންޓްގައި މާދަމާ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދު ރައްޒާގު (ނަބާ) ނުކުންނާނީ ސިންގަލްސް ކެޓަގަރީގެ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯއާ ދެކޮޅަށެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 08:40 ގަ އެވެ.

މިމެޗާއެކު ނަބާ ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރި ފުރަތަަމަ އަންހެން ކުޅުންތެރިޔާ އަށެވެ. ނަބާ ހިމެނޭ ގްރޫޕް ޖީގައި ނަބާގެ އިތުރުން އޮތީ އީރާނުގެ ސޮރާޔާ އަގޭއި އާއި ޗައިނާގެ ހީ ބިންގްޖިއާއޯ އެވެ.

ސިންގަލްސް ބައިން ދުނިޔޭގެ ރޭންކިން 252 ވަނައިގައި އޮތް ނަބާ ވަނީ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން 2019 ވަނަ އަހަރު ދެ ރަން މެޑަލް ހޯދާފަ އެވެ. އަދި ނަބާއަކީ ރާއްޖޭގެ ކުޅުންތެރިންނަށް ބަލާއިރު، ރަނގަޅު ލެވަލެއްގައި ރޭންކިންގް ދަމަހައްޓަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ން ވެސް ނަބާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355