twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޓޯކިއޯ އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްގައި މިއަދު ރާއްޖޭގެ ސާޖިނާ ވާދަކުރާނެ

މުޙައްމަދު އަހުމަދު
Jul 25, 2021

މިމަހު 23 ޖަޕާނުގައި ފަށައިގެން ކުރިއަށް ކުޅިވަރުގެ އެންމެ ބޮޑު އީދު ކަމަށްވާ ޓޯކިއޯ އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްގައި މިއަދު ރާއްޖޭގެ ސާޖިނާ ވާދަކުރާނެ އެވެ.

ސާޖިނާ މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރަނީ އެންމެ އިވެންޓެއްގަ އެވެ. އެއީ އަންހެނުންގެ 100 މީޓަރު ބުރެސްޓް ސްޓްރޯކް އިވެންޓެވެ. އެ އިވެންޓްގެ ހީޓް 1 މިއަދު ރާއްޖެ ގަޑިން ހަވީރު 3:34 ގައި ފަށާނެ އެވެ.

މި އިވެންޓްގައި ސާޖިނާއާ ވާދަކުރަން ތިބި އެތްލީޓުންނަކީ ތުރުކަމިނިސްތާނުގެ ދާރިޔާ ސެމްޔޮނޯވާ(19އ)، ކޭޕް ވާޑްގެ ޖައިލާ ޕިނާ (17އ)، ޔަމަނުގެ ނޫރަން ބަ މަޓްރަފް (21އ)، ހެއިޓީގެ އެމިލީ ފެއިތް ގުރޭންޑް ޕިއޭރް (20އ)، ގިނީއާގެ މަރިއާމާ ޓޯރޭ (17އ) އަދި މައިކްރޮނޭޝިއާގެ ޓަޔާނާ އެޑަމްސް (19އ) އެވެ.

ސާޖިނާ އޮލިމްޕިކްސް އަށް ހޮވުނީ ފީނާގެ ރޭންކިން އަށްބަލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިންގެ ތެރޭގައި ހިމެނިގެނެވެ. ކުރިން އޮލިމްޕިކްސް އަށް ދާން ފުރުސަތު ދީފައި އޮތީ އާއިޝަތު ސައުސަން އަދި އަލީ އިއްމާން އަށެވެ. އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިއުލާނުކޮށް، އެފެތުންތެރިން ވާދަކުރާ އިވެންޓްތަކަށް ތަމްރީނު ހަދަމުންދަނިކޮށް ފެތުންތެރިން ބަދަލުކޮށް ސާޖިނާ އަށާއި މުބާލަށް ފުރުސަތު ލިބުނެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާނެ ފެތުންތެރިންނަކީ 1- މުބާލް ޢައްޒާމް އިބްރާހީމް، 2- ޢާއިޝަތު ސާޖިނާ އެވެ. މި ފެތުންތެރިން ޖަހާނެ އިވެންޓްތަކަކީ ސާޖިނާގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓާއި މުބާލްގެ 100 މީޓަރު ފްރީސްޓައިލް އިވެންޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355