twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހއ އަތޮޅުން ބ އަތޮޅަށް ހުދު ސަމާލު ނެރެފި

މުޙައްމަދު އަހުމަދު
Jul 27, 2021

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓް އޮފީހުން ހއ އަތޮޅުން ބ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މިއަދު ހެނދުނު 08:00 އިން މެންދުރު 14:00 އަށް ހއ އާއި ބ އަތޮޅާ ހިމެނޭ ސަރަހައްދަށް ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 19 މޭލާ 24 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރާ ކަމަށް އެއިދާރާއިން ބުނެފި އެވެ.

ކަނޑު ދަތުރުކުރާއިރު މޫސުމާ މެދު ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293