twitterviber whatsapp telegramfacebookyoutube instagram
25th September 2026

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ނައޯމީ އޮސާކާ އޮލިމްޕިކްސްއިން ކަޓައިފި

މުޙައްމަދު އަހުމަދު
Jul 27, 2021

ދުނިޔޭގެ ރޭންކިންގ ދެވަނައިގައި އޮތް ޖަޕާނުގެ ނައޯމީ އޮސާކާ 42 ވަނައިގައި އޮތް ކުޅުންތެރިއަކު އަތުން ބަލިވެ އޮލިމްޕިކްސްއަށް އަލްވަދާއު ކިޔައިފި އެވެ.

ޗެކް ރިޕަބްލިކުގެ މާކެޓާ ވޮންޑްރޯސޯވާ އަތުން ދެ ސެޓުންވެސް ބަލިވެ މުބާރާތަށް ނައޯމީ އޮސާކާ އަލްވަދާއު ކީއިރު ވޮންޑްރޯސޯވާ ސެޓުތައް ގެންދިޔައީ 6 - 1، 6 - 4 ންނެވެ.

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި ނައޯމީ އޮތްއިރު އޭނާއަކީ ޖަޕާނު ރައްޔިތެކެވެ. ނަމަވެސް އޭނާ ދިރިއުޅުނީ އެމެރިކާގަ އެވެ. ވޮންޑްރޯސޯވާއާ ނައޯމީ ބައްދަލުކުރި މެޗުގައި ނައޯމީގެ ގުރައުންޑް ސްޓްރޯކްސް ވެސް ފެނުނީ ވަރަށް ދަށްކޮށެވެ.

42 ވަނައިގައި އޮތް ވޮންޑްރޯސޯވާ ވަނީ މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ގިނަ ޑުރޮޕް ޝޮޓްތަކެއް ފޮނުވާލާ ނައޯމީ އޭނާގެ ކޮމްފޯޓް ޒޯނުން ވެސް ބޭރުކޮށްލާފަ އެވެ.

2019 ވަނަ އަހަރު ބޭއްވި ފުރެންޗް އޯޕަންސް ޓެނިސް މުބާރާތުގެ ރަނަރަޕް އަތުން ހިތި ގޮތަކަށް ނައޯމީ ބަލިވިއިރު އޭނާ ވަނީ މި އިވެންޓްގައި އޮލިމްޕިކްސްގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް މޮޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293