twitterviber whatsapp telegramfacebookyoutube instagram
1st August 2026

ކޮވިޑް-19: ކުޅުދުއްފުށީގައި ބަލި ޖެހުނު މީހުންގެ އަދަދު 20 އަށް އަރައިފި

އަބްދުލް ވާހިދު ޙަސަން
Jul 27, 2021
1

ކުޅުދުއްފުށި ސިޓީން އިތުރު 7 މީހަކު މިއަދު ކޮވިޑް-19 ޕޮޒިޓިވްވެ ޖުމްލަ އަދަދު 20 އަށް އަރައިފި އެވެ. ކޭއާރުއެޗުން ބުނީ މިއަދު ޕޮޒިޓިވްވެފައިވަނީ ފުލޫ އޯޕީޑީއަށާއި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ނެގި ސާމްޕަލުތަކެއް ކަމަށެވެ.

މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެގެން ނެގި ގިނަ ސާމްޕަލްތަކުގެ އިތުރުން ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް ވަނީ ޕޮޒިޓިވްވެފައި އެވެ.

ޖުމްލަ 21 މީހުންނަށް މިހާތަނަށް ބަލި ޖެހުނުއިރު ބަލި ޖެހުނު ފޯކައިދޫ މީހަ ވަނީ ބަލި ރަނގަޅުވެފަ އެވެ.

މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ބަންދުކޮށް ރޭގަނޑު 9:00 - ފަތިހު 4:00 ދަނީ ކާފިއު ހިންގަމުންނެވެ. ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އަންނަނީ އެރަށްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355