twitterviber whatsapp telegramfacebookyoutube instagram
10th November 2026

އޮލިމްޕިކްސް އެތްލީޓުންނަށް ސެމްސަންގުގެ ފަރާތުން ގިފްޓް ޕެކެއް

މުޙައްމަދު އަހުމަދު
Jul 28, 2021

މިމަހު 23 ގައި ޖަޕާނުގެ ޓޯކިއޯގައި ފެށި ކުޅިވަރުގެ އެންމެ ބޮޑު އީދު ޓޯކިއޯ އޮލިމްޕިކްސް 2020 ގައި ވާދަކުރާ އެތްލީޓުންނަށް ސެމްސަންގް ކުންފުނިން ހަދިޔާ ޕެކެއް ދޭން ފަށައިފި އެވެ.

ހާއްސަ ހަދިޔާ ޕެކް އޮލިމްޕިކާއި ޕެރަލިމްޕިކްސްގައި ވެސް ވާދަކުރާ އެތުލީޓުންނަށް ވެސް ދޭނެ ކަމަށް ސޭމްސަންގުން ބުނެފައިވެ އެވެ. ޕެރަލިމްޕިކްސް އޮތީ އަންނަ މަހުގެ 24 އިން ސެޕްޓެމްބަރު 5 ގެ ނިޔަލަށެވެ.

އާއިލާތަކާއި ރައްޓެހިންނާ އޮންނަ ގުޅިން ބަދަހިކޮށް ދިނުމުގެ ގޮތުން ދޭ އެއްޗެއް ކަމަށް ވިދާޅުވަމުން ސެމްސަންގްގެ އައިއޯސީ ޓެލެވިޒަން އަދި މާކެޓިން ސާވިސެސްގެ މެނޭޖިން ޑިރެކްޓަރު ޓިމޯ ލުމީ ބުނީ މިއީ އެތުލީޓުންގެ ރައްކާތެރިކަމަށް ވެސް ދެވޭ ހަދިޔާއެއް ކަމަށެވެ.

ހަދިޔާ ޕެކްގެ ތެރޭގައި ހިމެނެނީ އޮލިމްޕިކްސް މުބާރާތުގެ ލޯގޯ ޖަހައިގެން އުފެއްދިގެލެކްސީ އެސް 21 ގެ ހާއްސަ އެޑިޝަންގެ ފޯނަކާއި ވަޔަލެސް ގެލެކްސީ ބަޑްސް ޕްރޯއް އަކާއި ޗާޖް ކޭހެއްގެ އިތުރުން އޮލިމްޕިކް ތީމަށް ތައްޔާރުކޮށްފައިވާ ހަނދާނީ ގަލަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293