twitterviber whatsapp telegramfacebookyoutube instagram
4th February 2026

ކުޅުދުއްފުށިން މިއަދު 4 ޕޮޒިޓިވް ކޭސް، ޖުމްލަ 24!

ނަބީލާ އިސްމާޢީލް
Jul 28, 2021
2

ކުޅުދުއްފުށި ސިޓީން އިތުރު 4 މީހަކު މިއަދު ކޮވިޑް-19 ޕޮޒިޓިވްވެ ޖުމްލަ އަދަދު 24 އަށް އަރައިފި އެވެ. ކޭއާރުއެޗުން ބުނީ މިއަދު ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 4 ފަރާތެކަމަށެވެ.

ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.

މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެގެން ނެގި ގިނަ ސާމްޕަލްތަކުގެ އިތުރުން ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް ވަނީ ޕޮޒިޓިވްވެފައި އެވެ.

ޖުމްލަ 24 މީހުންނަށް މިހާތަނަށް ބަލި ޖެހުނުއިރު ކުޅުދުއްފުށީގައި މިހާރުވަނީ ކޮމިއުނިޓީ ސްޕްރެޑެއްކަމަށް ކޭއާރުއެޗުންވަނީ ބުނެފަ އެވެ.

މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ބަންދުކޮށް ރޭގަނޑު 9:00 - ފަތިހު 4:00 ދަނީ ކާފިއު ހިންގަމުންނެވެ. ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އަންނަނީ އެރަށްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355