twitterviber whatsapp telegramfacebookyoutube instagram
30th March 2026

އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ކުއާޓާއަށް ޗެމްޕިއަން ބުރެޒިލާ ސުޕެއިން

މުޙައްމަދު އަހުމަދު
Jul 29, 2021

ޖަޕާނުގެ ޓޯކިއޯގައި ކުރިއަށްދާ ކުޅިވަރުގެ އެންމެ ބޮޑު އީދުކަމަށްވާ ޓޯކިއޯ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގެ ކުއާޓާއަށް އެންމެ ފަހުގެ ޗެމްޕިއަން ބުރެޒިލާ ސުޕެއިން ދަތުރުކޮށްފި އެވެ.

ތޭވީސް އަހަރުން ދަށަށް ހާއްސަ ކޮށްގެން އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް ކުރިއަށް ގެންދިޔަ ކަމުގައިވީ ނަމަވެސް ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތުދެ އެވެ. ދެފަހަރުގެ ޗެމްޕިއަން އާޖެންޓީނާ އާއި 2016 ވަނަ އަހަރުގެ ރަނަރަޕް ޖަރުމަނު އަދި 1984 ގެ ޗެމްޕިއަން ފުރާންސް ވަނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.

ގްރޫޕް ސީގައި މިއަދު ކުޅެވުނު މެޗުގައި ސްޕެއިނާއި އާޖެންޓީނާ ބައްދަލުކޮށް 1 - 1 ން އެއްވަރުވެ ސުޕެއިން ކުއާޓާއަށް ދިޔައިރު 2-0 އިން އޮސްޓްރޭލިއާ ބަލިކުރި މިސްރު ވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އެންމެފަހުގެ ޗެމްޕިއަން ބްރެޒިލުން ސައުދީ އަރަބިއްޔާ ބަލިކޮށް ކުއާޓާގެ ޖާގައެއް ހޯދިއިރު އައިވަރީ ކޯސްޓުން ޖަރުމަނާ އެއްވަރުކޮށް ވަނީ ކުއާޓާ ފައިނަލުން ޖާގައެއް ހޯދާފަ އެވެ.

ކުއާޓާ ފައިނަލް:

31 ޖުލައިގައި ކުޅެވޭ ކުއާޓާގެ މެޗުތައް:

ސްޕެއިން - އައިވަރީ ކޯސްޓް
ބްރެޒިލް - މިސްރު
ޖަޕާން - ނިއު ޒީލެންޑް
ދެކުނު ކޮރެއާ - މެކްސިކޯ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355