twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޭސްތަކާ ގުޅިގެން ކުޅުދުއްފުށިން 45 ގެއެއް ކަރަންޓީނުގައި

މުޙައްމަދު އަހުމަދު
Jul 29, 2021

ޖުލައިމަހު 24 ވަނަ ދުވަހުގެ ފަހުން ކުޅުދުއްފުށިން ފެނުނު ކޮވިޑް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކުޅުދުއްފުށިން 45 ގެއެއް ކަރަންޓީނުކޮށްފި އެވެ.

މިމަހު 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ފަހުން ނެގި ސާމްޕަލުތަކެއްވެސް ޕޮޒިޓިވްވި އެވެ. 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް 24 މީހުން ޕޮޒިޓިވްވެފައިވާއިރު އެތަނުން 8 ކޭސް އަކީ އަލާމާތް ފެނިގެން ފުލޫ އޯޕީޑީއަށް ދެއްކި 8 މީހުންނެވެ.

ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދާ ނަމަވެސް ގުޅުމެއް ނެތް ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވްވެފައިވާތީ ކޮމިއުނިޓީ ސްޕްރެޑެއް މިހާރު އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ކޭއާރުއެޗުން އެކަން ސީދާ ހާމަކޮށްފައެއް އަދި ނުވެ އެވެ. ހޮސްޕިޓަލުން ބުނެފައިވަނީ މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުސަތު އޮތުމާއެކު އެއްވެސް ކަހަލަ އަލާމާތެއް ފާހަގަކުރެއްވިއްޖެނަމަ ހޮޓްލައިނަށް ގުޅައި އެންގުމަށެވެ.

ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.

ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ބަންދުކޮށް ރޭގަނޑު 9:00 - ފަތިހު 4:00 ދަނީ ކާފިއު ހިންގަމުންނެވެ. ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އަންނަނީ އެރަށްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355