twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮވިޑް-19: ކުޅުދުއްފުށީގައި ކަރަންޓީނު ކުރި ގެތަކުގެ އަދަދު 57 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Jul 31, 2021
1

ޖުލައިމަހު 24 ވަނަ ދުވަހުގެ ކުޅުދުއްފުށިން ފެނުނު ކޮވިޑް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިހާތަނަށް ކުޅުދުއްފުށިން 57 ގެއެއް ކަރަންޓީނުކޮށްފި އެވެ.

މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކުޅުދުއްފުށިން ޖުމްލަ 34 ކޮވިޑް ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މީގެ ތެރެއިން 8 ކޭސްއަކީ އަލާމަތްތައް ހުރެގެން ފުލޫ އޯޕީޑީ ދެއްކި 8 މީހެއްގެ ސާމްޕަލެވެ. މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދާ ނަމަވެސް ގުޅުމެއް ނެތް ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވްވެފައިވާތީ ކޮމިއުނިޓީ ސްޕްރެޑެއް މިހާރު އޮތްކަމަށް ބެލެވެ އެވެ.

މި ވަގުތު ކޮވިޑް ޕޮޒިޓިވްވެގެން 10 ގެ އެއް ކަރަންޓީނުގައިވާއިރު، ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދިރިއުޅޭތީ ކަރަންޓީންއަށް ލެވިފައިވާ ގެތަކުގެ އަދަދު 47 އަށް އަރަ އެވެ.

ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.

ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ބަންދުކޮށް ރޭގަނޑު 9:00 - ފަތިހު 4:00 ދަނީ ކާފިއު ހިންގަމުންނެވެ. ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އަންނަނީ އެރަށްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355