twitterviber whatsapp telegramfacebookyoutube instagram
28th March 2026

ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސްގެ ރެކޯޑް ހާސިލްކުރަން ދެކެމުން އައި ހުވަފެން ފެނަށް

މުޙައްމަދު އަހުމަދު
Jul 31, 2021

އޮލިމްޕިކްސްގެ ޓެނިސް އިވެންޓްގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލުން ކަޓައި ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އެއް އަހަރެއްގެ ތެރޭގައި ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސްގެ ރެކޯޑް ހާސިލްކުރަން ދެކެމުން އައި ހުވަފެން ފެނަށް ދުއްވާލައިފި އެވެ.

މި އަހަރުގެ މިހާތަނަށް ތިން ގްރޭންޑް ސްލޭމް ތަށި ވެސް ޖޮކޮވިޗް ކާމިޔާބުކުރިއިރު އޮލިމްޕިކްސްއާ އޭނާ ކުރިމަތިލީ އެއް އަހަރެއްގެ ހަތަރު ގްރޭންޑް ސްލޭމް އާއި އޮލިމްޕިކްސްގެ ރެކޯޑް ހަދާށެވެ. ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަތުން ބަލިވެ ޖޮކޮވިޗް ކެޓިއިރު ފުރަތަމަ ސެޓު ގެންދިޔައީ ޖޮކޮވިޗެވެ. ނަމަވެސް ފަހަތުން އަރާ ފަހަތުން އަރައި ޒްވެރެވް މޮޅުވީ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 1-6 ، 6-3 ، 6 ންނެވެ.

ފައިނަލުގައި އާދިއްތަ ދުވަހު ޒްވެރެވް ނުކުންނާނީ ރަޝިއާގެ ކޭރެން ކަޗަނޯފާ ދެކޮޅަށެވެ. އަދި ލޯ މެޑަލް މެޗުގައި ޖޮކޮވިޗް ބައްދަލުކުރާނީ ސްޕެއިނުގެ ޕަބްލޯ ކާރޭނިއޯއާ އެވެ.

އަންނަ މަހު ފަށާ ޔޫއެސް އޯޕަން މުބާރާތުގެ ޗެމްޕިއަންކަން ޖޮކޮވިޗް ހޯދައިިފިނަމަ އޭނާ އަށް ގްރޭންޑް ސްލޭމްގެ ބޮޑު ރެކޯޑް މުގުރާލެވޭނެ އެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދަން ޖޮކޮވިޗަށް ފުރުސަތު އޮތެވެ. ނަމަވެސް މިކްސް ޑަބަލްސް އިވެންޓުގެ ސެމީގައި ޖޮކޮވިޗްގެ ޕެއާ ވަނީ ރަޝިއާގެ ޕެއާ އަތުން ބަލިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355