twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި 200 އަށްވުރެ ގިނަ މީހުން ކަރަންޓީނުގައި

އަބްދުލް ވާހިދު ޙަސަން
Jul 31, 2021

ޖުލައިމަހު 24 ވަނަ ދުވަހުގެ ކުޅުދުއްފުށިން ފެނުނު ކޮވިޑް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިހާތަނަށް ކުޅުދުއްފުށިން 204 މީހަކު ކަރަންޓީނުކޮށްފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

މިވީ 7 ދުވަސްތެރޭގައި ކުޅުދުއްފުށިން 34 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު ފުލޫ އޯޕީޑީއަށް ދެއްކި 8 ސާމްޕަލެއް މީގެ ތެރެއިން ހިމެނެ އެވެ. މި ކޭސްތަކާ ގުޅިގެން މިހާތަނަށް 61 ގެޔެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.

ރަށް މިވަގުތު މޮނިޓަރިންގައި އޮތް ނަމަވެސް ކޮވިޑަށް ބެލުމެއް ނެތި ގިނަ ބަޔަކު ހަފުލާތަކާއި އެއްވުންތައް ބޭއްވުމުގައި އަވަދިނެތި ހަރަކާތްވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކޭސްތަކުގެ އަދަދު މަތިވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.

ކުޅުދުއްފުށި މޮނިޓަރިންގއަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި ބަންދުކޮށް ރޭގަނޑު 9:00 - ފަތިހު 4:00 ދަނީ ކާފިއު ހިންގަމުންނެވެ. ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އަންނަނީ އެރަށްރަށުން އަނެއް ރަށަށް ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355